ފިނޮޅަށް ލެއްގި މަސްތުވާތަކެތިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ތތ. ފިނޮޅަށް ލައްގާފައި ހުރި މަސްތުވާ އެއްޗެހިތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ނަންހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދިން މީހަކު ބުނީ ތ.ކަނޑޫދޫ ކައިރީގައި އޮތް ފަޅުރަށަކަށް އެ ތަކެތި ލައްގާފައި ހުއްޓާ ފުރަތަމަ ފެނިފައި ވަނީ އެރަށަށް ދަތުރު ދިޔަ ބަޔަކަށް ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ތ. ފިނޮޅު ކިޔާ ފަޅު ރަށަކަށް ގޮސް އުޅުނު ބަޔަކަށް އެރަށު ގޮނޑުދޮށުން މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއްހުރި 2 ކޮތަޅު ފެނިފައިވާ ކަމުގެ މައުލޫމާތު މިރޭ 19:00 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިމައުލޫމާތާ ގުޅިގެން ފުލުހުން އެރަށަށް ގޮސް، އެތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ދެން ތިޔަ ހުރިހަަ އެއްޗެހި ޕޮލިހުން ބޮވެ ވިއްކަަަަ ނެއްނު
ނަސީބެއްނުން ޕޮލިހުންނަށް ވިއްކާ ލާނެއެތިކޮޅެއް ލިބުނީއެއްނުން