Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މާލޭގައި ހިންގާ ސައިހޮޓާފަދަ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަކީ ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމެއް: މުޢިއްޒު

މާލޭގައި ހިންގާ ސައިހޮޓާފަދަ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަކީ ސަރުކާރުން ސަމާލުކަން ދޭންޖެހޭ ކަމެއް: މުޢިއްޒު

މާލޭގައި ހިންގާ ސައިހޯޓާ، ކެފޭ، ރެސްޓޯތަންޓް ފަދަ ތަންތަނަށް ލިބެމުންދާ ގެއްލުންތަކަކީ ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމުގައި ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީ މޭޔަރު ކަމަށް މިފަހަރު ވާދަ ކުރައްވާ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ.މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭގައި ހިންގާ ސައިހޯޓާ، ކެފޭ، ރެސްޓޯތަންޓް ފަދަ ތަންތަނަށް ލިބެމުންދާ އިޔާދަ ނުކުރެވޭވަރުގެ ގެއްލުންތަކަކީ ސަރުކާރުން ސީރިއަސް ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން އެތައް ބައެއްގެ ވަޒީފާ ގެއްލެމުން ދާ ކަމަށެވެ.

"އެވިޔަފާރިތައް ދަނީ ބަނގުރޫޓުވަމުން، އެތައް ރައްޔިތުންނެއްގެ ވަޒީފާ ދަނީ ގެއްލެމުން" ޑރ. މުޢިއްޒު ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/MMuizzu/status/1370396389629304833?s=20

ސައިހޮޓޯފަދަ ކެއިންބުއިމުގެ ޚިދުމަތްދޭ ތަންތަނަށް ލިބެމުންދާ ގެއްލުންތަކާމެދު ކަންބޮޑުވުން ފާޅު ކުރައްވާފައިވާއިރު، ޑރ. މުޢިއްޒު އިއްޔެ ވަނީ ހިޔާ ފްލެޓުގެ ޑައުން ޕޭމަންޓް އެއްފަހަރާ ދެއްކުމަށް މިސަރުކާރުން ނިންމެވުމާ ގުޅިގެން ވެސް ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް