Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވެކްސިން ޖަހަން ދުވާލަކަށް 200 ނަންބަރު، ނަންބަރު ދޫކުރާ ވަގުތު ޖެހުންއިރު ކިޔުގައި 350 މީހުން!

ވެކްސިން ޖަހަން ދުވާލަކަށް 200 ނަންބަރު، ނަންބަރު ދޫކުރާ ވަގުތު ޖެހުންއިރު ކިޔުގައި 350 މީހުން!

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެސް ވެކްސިން ދެމުން އަންނައިރު، ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިހާރު ގާތްގަނޑަކަށް މިވަނީ ނިމުމަކާ ގާތްވެފައެވެ.

މިމަހުގެ 15 ގެ ފަހުން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް މާލެ ސަރަޙައްދު (މާލެ/ވިލިމާލެ/ހުޅުމާލޭ) ގައި ދިނުން ހުއްޓާލާނެ ކަމަށާއި އޭގެ ފަހުން ދެން ދޭނީ ދެވަނަ ޑޯޒް ކަމަށް ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް (ކެރަފާ ނަސީމް) މިމަހުގެ 8 ވަނަ ދުވަހު ވިދާޅުވި ފަހުން، ވެކްސިންދޭ ސެންޓަރުތަކުގެ ކިޔުތައް ވަނީ އިންތިހާއަށް ދިގު ވެފައެވެ.

މާލޭގައި ހުންނަ ވެކްސިން ސެންޓަރުތަކުގެ ކިޔު ދިގުވެ، އާންމުކޮށް ކިޔު ބަންދުކުރާ ވަގުތުގެ މާކުރިން ކިޔު ބަންދުކުރަން ޖެހުމުގެ އިތުރުން، ވިލިމާލޭގައި ހުންނަ ވެކްސިންދޭ ސެންޓަރުން ވެސް މިދުވަސްކޮޅު ވަރަށް އަވަހަށް ނަންބަރު ހުސްވާކަން އެޗްއީއޯސީން ވަނީ ފާހަގަ ކޮށްފައެވެ.

Advertisement
Allied — Dhen Online (box)

"ދެން" އަށް އެނގިފައިވާ ގޮތުގައި މިއަދު ވެސް ވެކްސިން ޖަހަން ނަންބަރު ދޫކުރާ ވަގުތު ޖެހުމުގެ ކުރިން، ދިގު ކިޔުއެއް ހަދާފައިވާއިރު، އެވަގުތު ޖެހުމުގެ ކުރިން މިއަދަށް ދޫކުރާ ނަންބަރުތަކުގެ އަދަދު ވެސް ވަނީ ހަމަވެފައެވެ.

"ކޮންމެ ދުވަހަކު ވެސް 200 ނަންބަރު ދޫކުރަނީ. ނަންބަރު ދޫކުރަން ފަށާ ގަޑިއަކީ ހެނދުނު 9:00. ނަމަވެސް މިއަދު އެވަގުތު ފެށުނު އިރު، 350 މީހުން ނަންބަރު ނަގަން ކިޔުގައި ތިބި" އެސެންޓަރުގައި ހުރި އޮފިޝަލަކު މައުލޫމާތު ދެއްވިއެވެ.

މީގެ ކުރިން ވިލިމާލޭގައި މިހާ ދިގު ކިޔު އެއް ނުހެދޭ ކަމަށާއި، ނަމަވެސް ފާއިތުވީ ދެތިން ދުވަހު ކިޔު ވަރަށް ދިގުކަން ވެސް އޮފިޝަލު ފާހަގަ ކުރެއްވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް