Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ގަލޮޅުގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

މާލޭ ގަލޮޅުގެ ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ގ. މަތިދަހުރާގައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ މި ހާދިސާގެ މައުލޫމާތު ފަޔަރ އެންޑް ރެސްކިޔު ޓީމަށް ލިބިގެން އެސަރަޙައްދަށް ދިޔައިރު ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް އަށް ލިބުނީ 18:48 ހާއިރު ކަމަށް ވެސް މޭޖަރ އާޒިމް ވިދާޅުވިއެވެ.

ގަލޮޅު މަތިދަހުރާގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި އަލިފާން ރޯވެފައި ވަނީ އެ ގޭ ގްރައުންޑް ފްލޯގައިހުރި ކަރުދާސް ފޮށިތަކެއް ގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް