Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޓިކްޓޮކް ލައިވްގައި އިން ދިވެހި އަންހެން ކުއްޖަކަށް އޭނާގެ މަންމަ "ލެކްޗަރެއް" ދީފި

ޓިކްޓޮކް ލައިވްގައި އިން ދިވެހި އަންހެން ކުއްޖަކަށް އޭނާގެ މަންމަ "ލެކްޗަރެއް" ދީފި

ޓިކްޓޮކް ލައިވްގައި އިން ދިވެހި އަންހެން ކުއްޖަކާ ދިމާއަށް އޭނާގެ މަންމަ އެއްޗެހި ކިޔައިފިއެވެ.

މިހާރު މީސްމީޑިގައި ދައުރުވަމުންދާ ވީޑިއޯއެއްގައި ޒުވާން އަންހެން ކުއްޖަކު ޓިކްޓޮކް ލައިވްއެއްގައި އިންދާ އޭނާގެ މަންމަ ވަނީ އޭނާގެ މަންމަ ވަނީ އެކުއްޖާ ޓިކްޓޮކް ކުޅޭތީ ގިނަ ބަޔަކު މަލާމާތް ކުރާ ކަމަށާއި ޓިކްޓޮކް ކުޅުމަށް ހުއްޓާލަން އަދިވެސް ނުވޭތޯ ސުވާލު ކޮށްފައެވެ.

"ޓިކްޓޮކް އަޅުވައިގެން ދޯ ތި އިނީ. މީހުން އެވަރަށް އެއްޗެހި ކިޔާ މަށާ ދިމާއަށް. އެބައިނެއްނު ފާޑަކަށް ހެވި ދިއްލިފަ. އަބަދު މީހުން ގުޅާފަ އެއްޗެހި ކިޔަނީއޭ. މީ ދެން ކޮންްފަދަ ކަމެއްތަ" އޭނާގެ މަންމަ ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން އެ ވީޑިއޯގައި އެ އަންހެން ކުއްޖާ އޭނާގެ މަންމަގެ ގާތުގައި ވީޑިއޯ އަށް އަޑު އަރާނެ ކަމަށާއި އެގޮތަށް އެއްޗެހި ނުކިޔުމަށް އެދިފައި ވެއެވެ. އަދި އޭނާ ވަނީ އެ ހިސާބުން އެ ޓިކްޓޮކް ލައިވް ނިންމާލާފައެވެ.

ރާއްޖޭގައި ޒުވާން ފުރައިގެ ގިނަ ކުދިންތަކެއް ޓިކްޓޮކްގެ އަވައިގައި ޖެހިފައިވާއިރު އެކުދިންގެ މައިންބަފައިން އެކަމާ ނުރުހުންވާ ކަން ވަނީ މައުލޫމާތު ލިބިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް