ވިޔަފާރި

މިއަހަރު ރާއްޖޭގެ އިގްތިސޯދު 18 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކޮށްފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި ހިނގާ 2021 ވަނަ އަހަރު ރާއްޖޭގެ އިގްތިސޯދު 18 އިންސައްތަ ކުރިއަރާނެ ކަމުގައި ކްރެޑިޓް ރޭޓިން އޭޖެންސީ (ފިޗް) އިން ލަފާކޮށްފިއެވެ.

ފިޗް އިން މިދިޔަ އަހަރުގެ ތެރޭގައި ސީސީސީ ރޭޓިންގްއަށް ދަށްކުރި އޭޝިއާ ޕެސިފިކްގެ ތިން ގައުމެއްގެ އިގްތިސާދީ ހާލަތު މި އަހަރުގެ ތެރޭގައި ކުރިއަރާނެ ކަމަށް ލަފާ ކޮށްފައިވާ ތިން ގައުމުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާއިރު، ރާއްޖެއާއެކު ދެން ހިމަނާފައި ވަނީ ސްރީލަންކާ އާއި ލާއޯސް އެވެ.

އެގޮތުން ތިން ގައުމުގެ އިގްތިސާދު ވެސް މި އަހަރު ނިންމާލާނީ ޑެފިސިޓާއެކު ނަމަވެސް ކޮވިޑް19ގެ ކުރީގައި ހުރި މިންވަރަށް ކްރެޑިޓްވޯދިނަސް ނޫފުލޭނެ ކަމަށް ވެސް ފިޗް އިން ވަނީ ބުނެފައެވެ.

ރާއްޖެއިން 2020 ވަނަ އަހަރު ބޭރުން ގިނަ އަދަދެއްގެ އެހީ ހޯދާފައިވާކަން ފާހަގަކޮށް ފިޗް އިން ވަނީ ބޭރުން ލިބޭ މާލީ އެހީގެ ސަބަބުން އެކްސްޓާނަލް ލިކުއިޑިޓީ ސްޓެސް ފަސޭހަވާނެ ކަން ފާހަގަ ކޮށްފައެވެ.

ފިޗްއިން ވަނީ މިދިޔަ ނޮވެމްބަރު މަހު ލަފާކުރި ވަރަށްވުރެ ރާއްޖޭގެ އިގްތިސާދީ ހާލަތު ދަށްވެ، ކްރެޓިޑް ރޭޓިން "ބީ މައިނަސް" އިން "ސީސީސީ" އަށް ދަށްކޮށްފައެވެ.

އިގްތިސޯދު 18 އިންސައްތަ ކުރިއަރާނެ ކަމަށް ލަފާކުރި ނަމަވެސް  ކޮވިޑް19ގެ ސަބަބުން ފަތުރުވެރިކަމަށް ކުރުވާ އަސަރަކުން އެ ގައުމުތަކުގެ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ވެސް ފިޗް އިން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!