Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވެކްސިން ޖެހި 4 މީހަކު ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރި

ވެކްސިން ޖެހި 4 މީހަކު ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރި

ކޮވިޑް-19 ދިފާޢުވުމަށް ވެކްސިން ޖެހި 4 މީހަކު ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރި ކަމަށް އެޗްއީއޯސީން ބުނެފިއެވެ.

އެޗްއީއޯސީން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް ވިދާޅުވީ، ކޮވިޑް-19 އިން ދިފާޢު ވުމަށް ވެކްސިން ޖެހި ހަތަރު މީހެއްގެ ހާލު ސީރިއަސް ވެގެން އެޑްމިޓު ކުރަން ޖެހުނު ކަމަށެވެ.

ވެކްސިން ޖެހި މީހަކަށް ސްޓްރޯކެއް ޖެހުން ކަމަށް ބުނެ ދެކެވެމުން ދިޔަ ވާހަކައާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ނަޒްލާ ވިދާޅުވީ ސްޓްރޯކެއް ޖެހުނު ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ބައެއް ފަރާތްތަކަކީ އުމުރުގެ ގޮތުން ވެސް ވެކްސިން ޖެހުމުން އެކި ކަހަލަ ސިއްޙީ މައްސަލަތައް ދިމާވުން އެކަށީގެންވާ މީހުން ކަމަށެވެ.

Advertisement
HDC — Sidebar (box)

"ވެކްސިން ޖަހާފަހުރި ފަރާތެއް ބަލި ހާލަތު ދަށް ވެއްޖިއްޔާ އަޅުގަނޑުމެން އެބަ ބަލަން ވަރަށް ބޮޑަށް މައުލޫމާތު ހޯދައިގެން، އެއީ ވެކްސިނާއި ގުޅުން ހުރި ކަމެއްތޯ. މިހާތަނަށް އަޅުގަނޑުމެންނަށް ފާހަގަ ވެފައިވަނީ ހަތަރު ފަރާތެއް ވެކްސިން ޖެހުމަށްފަހު އެގޮތަށް ހާލު ސީރިއަސްވެގެން އެޑްމިޓު ކުރި ކަމަށް" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ވެކްސިން ޖެހުމަށްފަހު ހާލު ސީރިއަސްވެ، އެޑްމިޓު ކުރެވުނު ފަރާތްތަކުގެ ހާލުވެސް ގާތުން ބަލަމުން އަންނަ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް