ޚަބަރު

ވެކްސިން ދިން ދުވަހު ހާލު ބޮޑުވެ ދިވެއްސަކު ނިޔާވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ވެކްސިން ދިން ދުވަހު ހާލު ބޮޑުވެ އައްޑޫ ސިޓީން ދިވެއްސަކު ނިޔާވެއްޖެއެވެ.

Ads by Sosun Fihaara

އޮންލައިން ނޫސް “ވަގުތު” އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ނިޔާވެފައި ވަނީ އުމުރުން 80 އަހަރުގެ އަންހެނެކެވެ.ވެކްސިން ޖެހިތާ މާގިނަ އިރު ނުވެ އޭނާ ހޮސްޕިޓަލަށް ގެންދިޔައީ ހުން އައިސް ތުރުތުރު އަޅާތީ ކަމަށާއި އެ މީހާ ނިޔާ ވެފައި ވަނީ ރޭ 10:00 ހާއިރު ކަމަށް ވެސް އެ ނޫހުން ރިޕޯޓް ކޮށްފައި ވެއެވެ.

މިއީ ވެކްސިން ދިން ފަހުން ހާލު ބޮޑުވެގެން ރާއްޖޭގައި ނިޔާވި ފުރަތަމަ މީހާއެވެ. މީގެ އިތުރުން ވެކްސިން ޖެހި ފަހުން އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނަކު ކުއްލި ގޮތަކަށް މި މަހުގެ 9 ވަނަ ދުވަހު ވަނީ ނިޔާ ވެފައެވެ. އއ.މާޅޮހުގެ އެ މީހާ ކުއްލި ގޮތަކަށް ނިޔާ ވެފައި ވަނީ ވެކްސިން ގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު މަހަށް ގޮސް އުޅެނިކޮށެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 7،908 މީހުންނަށް އިއްޔެ ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 206،114 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 116،636 މީހުންނަށް ވެކްސިން ދީފައި ވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 89،478 މީހަކަށް ވެކްސިން ދީފައި ވެއެވެ.

Ads by Allied Insurance
  1. އިންޑިޔާ މީހުން ދިވެހިން މަރާ ހުސްކޮއްފި