Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެތައް ހާސް ބިދޭސީންނެއް ވެކްސިން ޖަހަން ކިއު ގައި، ވެކްސިން ދެނީ 400 ބިދޭސީންނަށް އެކަނި

އެތައް ހާސް ބިދޭސީންނެއް ވެކްސިން ޖަހަން ކިއު ގައި، ވެކްސިން ދެނީ 400 ބިދޭސީންނަށް އެކަނި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ވެސް ހިންގަމުންދާ ވެކްސިން ޕްރޮގްރާމްގައި ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިއަދުގެ ނިޔަލަށް ހަމަވާއިރު ވެކްސިން ދޭ ސެންޓަރުތަކުގެ ކިޔުތައް ވަނީ އިންތިހާއަށް ދިގު ވެފައެވެ.

ވެކްސިން ސެންޓަރުތަކަށް މިއަދު ނަޒަރު ހިންގާލާއިރު މާލޭގެ އިސްލާމިކް ސެންޓަރުގެ ބޭރުގައި އެތައް ހާސް ބިދޭސީން ވެކްސިން ޖެހުމަށް ކިއު ހަދާފައިވާ މަންޒަރު ފެނިގެން ދެއެވެ. އިއްޔެ 300 މީހުންނަށް ވެކްސިން ދިން އިރު މިއަދު ވެކްސިން ދިނުމަށް ހަމަޖެހިފައި ވަނީ 400 މީހުންނަށެވެ. އަދި އިތުރު ދިވެހިން ނައިސްފިނަމަ އިތުރު ބިދޭސީންނަށް ދޭނެ ކަމަށް ބުނެފައިވެއެވެ.

[caption id="attachment_70678" align="alignnone" width="1280"] ދެން އިމޭޖްސް[/caption]

ވެކްސިން ޖެހުމަށް ޓޯކަން ދޫކުރުން މިވަގުތު ކުރިޔަށްދާއިރު ފާހަގަ ކޮށްލެވޭ ކަމަކީ އެތައް ހާސް ބިދޭސީން ވެކްސިން ޖެހުމަށް ،ގައިދުރު ކަމެއް ނެތި އެތައް ބަޔަކު ކިއުގައި ތިބުމެވެ. އަދި އެސަރަހައްދުގައި އެތައް ސަތޭކަ ބިދޭސީނެއް ތިބި އިރު އެތަން ބަހަލައްޓަން ތިބީ އެންމެ ދެ ފުލުހުން ކަމަށް ވުމާއެކު ގައިދުރުކޮށް ލައިން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ނުކުޅެދިފައެވެ.

Advertisement
Allied — Dhen Online (box)

މާލޭގައި ހުންނަ ވެކްސިން ސެންޓަރުތަކުގެ ކިޔު ދިގުވެ ވެކްސިންދޭ ސެންޓަރުތަކުން މިދުވަސްކޮޅު ވަރަށް އަވަހަށް ނަންބަރު ހުސްވާކަން އެޗްއީއޯސީން ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ކިޔު ބަންދުކުރާ ވަގުތުގެ މާކުރިން ކިޔު ބަންދު ކުރަން ޖެހުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް ވެކްސިން ނުޖެހި އަނބުރާ ދާންޖެހެއެވެ. އަދި ވެކްސިން ޖަހަންދާ މީހުންގެ އަދަދު ގިނަވެ، މިފަހަކަށް އައިސް ކިޔު ވަނީ ވަރަށް ދިގު ވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް