Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އެމްޑީޕީ ޖޫރިމަނާ ކުރީ 5،000 ރުފިޔާއިން، އިދިކޮޅު ކޯލިޝަން 50،000 ރުފިޔާއިން

އެމްޑީޕީ ޖޫރިމަނާ ކުރީ 5،000 ރުފިޔާއިން، އިދިކޮޅު ކޯލިޝަން 50،000 ރުފިޔާއިން

ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ކަނޑައަޅާފައިވާ މިންގަނޑުތަކާ ޚިލާފުވުމުން، އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަންގެ ދެ ޕާޓީ ޖޫރިމަނާ ކުރި އަދަދު ފުލުހުން ހާމަ ކޮށްފިއެވެ.

އެގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، އެޗްޕީއޭގެ މިންގަނޑުތަކާ ޚިލާފަށް ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާތީ އެމްޑީޕީ ޖޫރިމަނާ ކުރީ 5،000 ރުފިޔާއިން ކަމަށެވެ.

އަދި، މުޒާހަރާ ކުރުމުގެ ތެރެއިން އެޗްޕީއޭގެ މިންގަނޑުތަކާ ތަކުރާރުކޮށް ޚިލާފު ވެފައި ވާތީ ޕީޕީއެމް އާއި ޕީއެންސީ (ކޮންމެ ޕާޓީއެއް) 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ކެންޑިޑޭޓް ރިޒްނާ ޒަރީރު ވެސް ވަނީ 1،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. ނަމަވެސް އެކަން ފުލުހުން ކަށަވަރެއް ނުކޮށްދެއްވައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން ވަނީ މިންގަނޑުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ފަސް މީހުންނަށްވުރެ ގިނައިން މަގުމަތީގައި އެއްވެ ނޫޅުމަށާއި، ގައިދުރުކަން ބެހެއްޓުމުގެ އިތުރުން ބޭރުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން ވެސް ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް