Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އުތުރު ތިލަފަޅު އެއްބަސްވުން: ހަތިޔާރާއެކު އިންޑިއާ ސިފައިން ، 60 އަހަރަށް ރާއްޖެއަށް

އުތުރު ތިލަފަޅު އެއްބަސްވުން: ހަތިޔާރާއެކު އިންޑިއާ ސިފައިން ، 60 އަހަރަށް ރާއްޖެއަށް

އުތުރު ތިލަފަޅުގައި އިންޑިއާ ސިފައިން ބޭތިއްބުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޑިއާ ސިފައިންނަށް ހަތިޔާރާއެކު ރާއްޖޭގައި 60 އަހަރު ތިބެވޭނެ ކަމަށް ބުނެފިއެވެ.

އިންޑިއާ އާ ދިވެހިރާއްޖެއާ ދެމެދު ސޮއި ކޮށްފައިވާ އުތުރު ތިލަފަޅުގެ ޑްރާފްޓް އެއްބަސްވުމެއް ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައި ވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

އެއްބަސްވުން ބުނާ ގޮތުން އުތުރު ތިލަފަޅުގައި ތިބޭ އިންޑިއާ ސިފައިންނަށް ހަތިޔާރު ވެސް ގެންގުޅެވޭނެއެވެ. އަދި ޑިއުޓީ އަދާކުރާ އިންޑިއާ ސިފައިންނަށް ހަތިޔާރާއި އެނޫން ވެސް އެފަދަ ތަކެތި ގެންގުޅެވޭނެ ކަމަށާއި އަދި ފެސިލިޓީގައި ހުންނަ ކޮމިއުނިކޭޝަން ސިސްޓަމްތައް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެއްބަސްވުން ބުނާ ގޮތުގައި އިންޑިއާ ސިފައިން 30 އަހަރު ވަންދެން ރާއްޖޭގައި ބޭތިއްބުން ރާއްޖެ އަށް މަޖުބޫރެވެ. އެއްބަސްވުމުގައި ސޮއި ކުރާ ދުވަހުން ފެށިގެން 30 އަހަރު ވަންދެން އެއްބަސްވުން ދެމިއޮންނާނެ ކަމަށް އެއްބަސްވުމުގައި ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް