Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދެން ފަށާނީ ހޮނިހިރު ދުވަހު

މާލެ ސަރަހައްދުގައި ވެކްސިން ޖެހުން ދެން ފަށާނީ ހޮނިހިރު ދުވަހު

ކޮވިޑް-19 ވެކްސިން ޖަހާ ޚާއްސަ ކެޓަގަރީގެ މީހުންނަށް ފުރަތަމަ ޑޯޒު ދޭން ދެން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ ހޮނިހިރު ދުވަހު ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އުމުރުން ދުވަސްވީ މީހުން، ބަލިތަކުގައި އުޅޭ މީހުން، ކޮވިޑަށް ފައްސިވެ މިހާރު އެކަހެރިވެފައިވާ މީހުން، ކޮންޓެކްޓަށްވެ ކަރަންޓީނުގައި ތިބި މީހުން، ރާއްޖެ އިން ބޭރުން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން، މާލެ އިން ދަތުރުކުރުމަށް ފަހު ކަރަންޓީނުގައި ތިބި މީހުން އަދި ބައްޔެއް ނުވަތަ ސިއްހީ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ލަސްކުރަން ޖެހުނު މީހުންނަށް ކަމަށެވެ.

އާންމުންނަށް ކޮވިޑް-19 އަށް ޖަހާ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން މިއަދުގެ ނިޔަލަށް ވަނީ ނިމިފައެވެ. މާލެ ސަރަހައްދުން މިއަދު ވެކްސިން ދެވުނު 4994 މީހުންނާއިއެކު ޖުމްލަ 212،711 މީހުންނަށް ވަނީ ވެކްސިން ދެވިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް