Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދުވަސް ނުފުރާ އައިޖީއެމްއެޗްގައި ވިހެއި ތުއްތު ކުއްޖަކު ޓްރޭ އަކަށްލާފައި، ނިޔާވަންދެން މައިމީހާއާ ދުރުގައި ބޭއްވިކަމުގެ ތުހުމަތުތަކެއް

ދުވަސް ނުފުރާ އައިޖީއެމްއެޗްގައި ވިހެއި ތުއްތު ކުއްޖަކު ޓްރޭ އަކަށްލާފައި، ނިޔާވަންދެން މައިމީހާއާ ދުރުގައި ބޭއްވިކަމުގެ ތުހުމަތުތަކެއް
ދުވަސް ނުފުރާ ވިހެއި ތުއްތު ކުއްޖަކު، އައިޖީއެމްއެޗް ގައި ޓްރޭ އަކަށް ލާފައި، އެކުއްޖާ ނިޔާވީއިރު ވެސް މައިމީހާއާ ދުރުގައި ބޭއްވި ކަމަށް ބުނެ އާއިލާއަކުން އެހޮސްޕިޓަލާމެދު ބޮޑެތި ތުހުމަތުތަކެއް ކޮށްފިއެވެ. މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ބަނޑަށް ފަސް މަހުގެ އަންހެނަކު، ބަނޑުގައި ރިއްސާތީ އެހޮސްޕިޓަލުގައި ދެ ދުވަސް ވެންދެން އެޑްމިޓު ކޮށްފައި ބޭއްވި ކަމަށެވެ. އެޕޯސްޓުގައި ބުނެފައި ވަނީ، ބަނޑުގައި ރިއްސާވަރުން ކެތް ނުކުރެވިގެން އުޅުނުއިރު ޑޮކްޓަރުންނާއި ނަރުހުން ވެސް އަޅާނުލި ކަމަށެވެ. އަދި އެ އަންހެންމީހާއަށް ބޮޑުކަމު ނުދެވޭތާ 3 ދުވަސް ވެފައިވާތީ އެވޭނުގައި ވެސް ހުރެ، ފާޚާނާ ދިޔައިރު އެއްޗެއް ފައިބާތީ އެތަނަށް ބޭރު ދެ މީހަކު ދިޔަ ކަމަށެވެ. އަންހެން މީހާ ވިހެއީ އެ ދެ މީހުންގެ އަތް މައްޗަށް ކަމަށް ވެސް ޕޯސްޓްގައި ބުނެފައި ވެއެވެ. "އެހުރި ގޮތަށް ފޫޅުގައި ދަތި ވެސް ނުޖަހާ ފޫޅު ކަނޑައިގެން ގެންގޮސް ބޭއްވީ ނެޕީ ބަދަލު ކުރުވަން ކުދިން ބާއްވާ ތަނެއްގައި. އެއިރު ބޭބީގެ ހުރިހާ ކަމެއް ވެސް ބަރާބަރު" މައުލޫމާތު ދީފައިވާ މީހަކު ކިޔައިދީފައި ވެއެވެ. ދެން އެކުއްޖާގެ މަންމަ ގެންގޮސް މަސް ވިއްސާފަ ވޯޑަށް ބަދަލުކުރި ކަމަށާއި އޭރުވެސް އެކުއްޖާ އޮތީ ކުރިން ބާއްވާފައި އޮތް ޓްރޭގައި ކަމަށާއި އަދި އެކުއްޖާ ސާފު ވެސް ކޮށްނުލާ ކަމަށް ވެސް ބުނެފައި ވެއެވެ. އާއިލާއިން އެދުމުން ވެސް އެނޫން ގޮތެއް ނުހެދި ކަމަށާއި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ވާހަކަ ދެއްކުމުން އެތަނުން ނަގާފައި، ހުދުފޮތި އަޅާފައި ތުއްތު ކުދިން ލާ ހޮސްޕިޓަލު އެނދުގައި ބޭއްވި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ. "އެގޮތަށް ބޭއްވުމުން ބޭބީއަށް ފިނިވާނެ ނޫންހޭ އާއިލާއިން ބުނުމުން ވެސް އެތަނުގައި ތިބި މީހުން ބުނީ އެގޮތަށް ވިހާ ކުދިން ބާއްވަން ޖެހޭނީ އެގޮތަށް ކަމަށް. އިތުރު ފަރުވާއެއް ވެސް ދެވެން ނެތް ގޮތަށް ބާއްވާ، ބޭބީ ނިޔާ ވަންދެން ވެސް އެގޮތަށް ބޭއްވީ" އެމީހާ ކިޔައިދީފައި ވެއެވެ. މީގެއިތުރުން އެމީހާ ބުނީ ތުއްތު ކުއްޖާގެ ވިންދު ލަސްވާ ކަމާއި ނޭވާލުން ދަށްވާކަން ވެސް އެނގިހުރެ އައިޖީއެމްއެޗް ގައި ތިބި މީހުން އަޅާނުލި ކަމަށެވެ. އަދި އެކުއްޖާ ނިޔާވީ އެކުއްޖާއަށް ލިބެން ޖެހޭ ފަރުވާ ނުލިބި އެންމެ ކުޑަމިނުން ގައިގެ ހޫނުކަން ވެސް ނުލިބި ކަމަށް ބުނެފައި ވެއެވެ. "އެކުއްޖާގެ މަންމަގެ އެއްބަނޑު ބޭބެއަކު އައިސް އެދުނީ ބޭބީ އެއަށްވުރެ ރައްކާތެރިކޮށް ބޭއްވުމަށް، އެކަމަކު އެތަނުގައި ތިބި ނަރުހުން ބުނީ އެކުއްޖާ ވިހޭއިރު އެކަމާ އުޅުނު މީހުންނޭ އެކަމާ ގޮތެއް ނިންމާނީ. މިއީ ތޯ އިންސާނިއްޔަތު ކަމަކީ؟ ގަސްތުގައި ފަރުވާ ނުކޮށް އާއިލާ ކުރިމަތީ ކުއްޖާ ނިޔާވެގެން ދިޔައީ އެބުނާ ވިހޭއިރު ތިބި ދެމީހުންނަށް ގޮތް ނުނިންމި. ދިރިހުއްޓާ އުރާލަން ނުދީ، ނިޔާވުމުން އެހީ އުރާލަން ބޭނުންތޯ ވެސް."
"ބޮޑީ ވާމަރ އަށް ނުލިތާ މައިމީހާގެ ގައިގަ ޖައްސާލަން ވެސް ފުރުސަތު ނުދީ އެދަރި އެހާ ނިކަމެތި ހާލުގައި ދުނިޔެ ދޫކުރީ އާއިލާ އެންމެންގެ ކުރިމަތީ"
މީގެ އިތުރުން އެޕޯސްޓުގައި ބުނެފައި ވަނީ މިމައްސަލަ ހިފައިގެން ދިޔުމުން ފުލުހުންނާއި، ވަކީލުންނާ، ތަންތަނުގެ ވެރިންނާއި އަދި މިނިސްޓަރުންގެ ވެސް އެއްވެސް އެދެވިގެންވާ އެއްބާރުލުމެއް ދެއްވާފައި ނެތް ކަމަށެވެ. މިޕޯސްޓާ ގުޅިގެން އައިޖީއެމްއެޗް ގެ ފަރާތުން އަދި ރަސްމީ ބަހެއް ލިބިފައެއް ނުވެއެވެ. ނަމަވެސް ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައި ވަނީ، އެ ޕޯސްޓުގައި ވަނީ ހަގީގަތެއް ނޫން ކަމަށެވެ. އެގޮތުން އެމީހާ ބުނީ ކުއްޖާ ވިހެއީ ނޫން ކަމަށާއި ބަނޑަށް 20 ހަފްތާގައި ބައިގެން ދިޔައީ ކަމަށެވެ. އަދި އެކަން އާއިލާއަށް އެންގި ކަމަށް ވެސް އެމީހާ ބުންޏެވެ. މީގެ އިތުރުން މީސް މީޑިއާގައި ފޮޓޯ ޖަހާފައި ކުޑަކުދިންގެ ޑޮކްޓަރެއް ކަމަށް ޖަހާފައި ވާ މީހަކީ ވެސް އަންހެނުންގެ ޚާއްސަ ޑޮކްޓަރެއް ކަމަށް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް