Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސްފި

އެސްޓީއޯއިން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނެސްފި

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އެސްޓީއޯއިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑު ކޮށްފިއެވެ.

އެސްޓިއޯއިން ރާއްޖޭގައި ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައިވަނީ ހަތަރުމަސް ކުރިން ދުނިޔޭގެ ބާޒާރުގައި ތެޔޮފީފާއެއްގެ އަގު ހުރި މިންވަރާ އަޅާ ބަލާއިރު ތެޔޮ ފީފާއެއްގެ އަގު ބޮޑުވުމާ ގުޅިގެންނެވެ.

އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް މިއައި ބޮޑު ބަދަލާއެކު، އެ ކުންފުނިން ފޯރު ކޮށްދެމުންދާ ތެލުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ގެންދިއުމަށްޓަކައި 16 މާރިޗު 2021 ން ފެށިގެން މި ކުންފުނީގެ ސަބްސިޑިއަރީ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ވިއްކާ ތެލުގެ އަގަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އަދި މި ބަދަލާއެކު ފިއުލް ސަޕްލައި މޯލްޑިވްސްގެ ޝެޑްތަކުން ޑީސަލް ވިއްކުމަށް ހަމަޖެހިފައި ވަނީ ލިޓަރެއް 9.79 (ނުވަ ރުފިޔާ ހަތްދިހަ ނުވަ ލާރި) އަށެވެ. އަދި ޕެޓްރޯލް ލިޓަރެއް 8.85 (އަށް ރުފިޔާ އަށްޑިހަ ފަސްލާރި) އަށެވެ.

މި ބަދަލާއެކު ޕެޓްރޯލް ލީޓަރަކުން 41 ލާރި އަދި ޑީސަލް ލީޓަރަކުން 60 ލާރި ބޮޑު ކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް