Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ދަތުރު ދަނީ ހަރުކަށި ފިކުރުގެ މީހުންތޯ ފުލުހުން ބަލާނެ: ނަޝީދު

ދަތުރު ދަނީ ހަރުކަށި ފިކުރުގެ މީހުންތޯ ފުލުހުން ބަލާނެ: ނަޝީދު

ފަޅު ރަށްތަކަށް ދަތުރު ދާއިރު އެ ތަންތަނަަށް ދަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންތޯ ފުލުހުން ބަލާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ޒުވާނުން ދަތުރު ދާއިރު އެކި ކަންތައްތަކަށް ވިސްނަންޖެހޭ ކަމަށާއި ދަތުރު ދާއިރު އެތަންތަނަށް ދަނީ ދީނީ ގޮތުން ހަރުކަށި ފިކުރުގެ މީހުންތޯ ފުލުހުން ބަލާނެ ކަމަށެވެ.

"އެހެންވީމާ އެކަންބޮޑުވުން ފުލުހުން ހުންނާނެ. ހުރެގެން އެބާވަތުގެ ކަންބޮޑުވުން ބަލާނެ. ދަތުރުދާ ޒުވާނުން ވަރަށް ބޮޑަަށް ވިސްނަން ޖެހޭ އެ އިމޭޖަށް. ވިސްނަވައިގެން ދަތުރު ދިއުން ، އަޅުގަނޑު ދެކޭ ގޮތުގައި އެއީ ބުއްދިވެރި ކަމެއް." ރައީސް ނަޝީދު ވިދާޅުވި އެވެ.

Advertisement
Ooredoo — Truecaller (box)

ނަޝީދު މިހެން ވިދާޅުވެފައި ވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހުއްދަ ނުހޯދައި އަންބަރާއަށް ދަތުރުކުރި 95 މީހަކު ޖޫރިމަނާ ކުރުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވީ ޒުވާނުންނާ ދޭތެރޭ ފުލުހުން އަމަލުކުރި ގޮތުންނާއި އަންބާރާއަށް ނުދެވި އެނބުރި އަންނަން ޖެހުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ހުއްދަ ނުހޯދައި އަންބަރާއަށް ދަތުރުކުރި 95 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އެއްވެސް މީހަކު ހައްޔަރު ނުކުރާ ކަމަށެވެ. އަދި އެމީހުންގެ ތެރެއިން އެއްވެސް މީހެއްގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވިފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފަރާތްތައް މަސްތުވާތަކެތި ބޭނުންކުރި ކަމަށް ތުހުމަތު ނުކުރެވޭ ކަމަށާއި އެހެންކަމުން އެ ފަރާތްތައް މަސްތުވާތަކެއްޗަށް ޓެސްޓުކޮށްފައި ނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ކެޕޭސިޓީ އަށް ވުރެ އިތުރަށް މީހުން އަރުވައިގެން ދަތުރުކުރި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް