ޚަބަރު

ހަރާމް ކަމަކަށް އަރައިގަންނަ ނަމަ އުފަންދުވަސް ފާހަގަ ކުރުމާއި، ލަވަޔާއި މިޔުޒިކު ކުޅުން ޙަރާމް ވާނެ: މައުމޫން

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަރާމް ކަމަކަށް އަރައިގަންނަ ނަމަ އުފަން ދުވަސް ފާހަގަ ކުރުމާއި، ލަވަޔާއި މިޔުޒިކު ކުޅުން ޙަރާމް ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިސްލާމްދީނުގައި ޙަަރާމް ކުރައްވާފައިވާ ކަންތައްތަކަކީ ކޮބައިކަމާމެދު އޮޅުން އަރާގޮތަށް ވާހަކަ  ދެކެވެމުންދާތީ ކަމުގެ ޙަޤީޤަތް ބަޔާން ކުރެވޭތޯ ބެލުމުގެ ގޮތުން ލިޔުމެއް ތައްޔާރު ކޮށްފައި ވާނެ ކަމަށެވެ.

އެ ލިއުމުގައި ބުނާގޮތުން އަލަށް އުފެދޭ މުޢާމަލާތްތަކާއި އާދަކާދަތަކުގެ ތެރެއިން ވެސް އެ ކަމަކީ ޙަރާމް ކަމެއްކަން ސާބިތު ނުވާ ކޮންމެ ކަމެއް ވާނީ ހުއްދަ ކަމެއް ކަމަށެވެ. އަދި ދިރިއުޅުން ތަރައްޤީވެ އިންސާނާ ޙަރަކާތްތެރިވާ މައިދާންތައް އެއްދުވަހުން އަނެއް ދުވަހަށް ފުޅާވެ ތަނަވަސް ވެގެން ދިޔުމަކީ ކަން ވަމުން ދާގޮތް ކަމަށް ވެސް ބުނެފައި ވެއެވެ. 

އަދި ޤައުމީ ނުވަތަ އިޖްތިމާއީ މުނާސަބަތުތައް ފާހަގަ ކުރުމާއި، އިންސާނީ ގުޅުންތައް ބަދަހި ކުރުމަށްޓަކައި ކުރެވޭ ކަންކަމާއި، އުފަން  ދުވަސް ފާހަގަކުރުމާއި، އެކިއެކި ކުޅިވަރު ކުޅުމާއި، މުނިފޫހި ފިލުވުމަށް ކުރާ ކަންކަމާއި، ލަވަ ކިޔުމާއި، މިޔުޒިކު ކުޅުން ފަދަ ކަންކަމަކީ ވެސް ޙަރާމް ކަމެކޭ ބުނާނެ ތަނެއް ނެތް ކަމަށާއި އެހެން ނަމަވެސް، އެއިން އެއްވެސް ކަމެއް ކުރުމުގެ ތެރޭގައި ޙަރާމް ކަމެއް އެކުލެވިގެން ވާ ނަމަ ނުވަތަ އެ ކަމަކީ ޙަރާމް ކަމަކަށް އަރައިގަތުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތަކަށް ވާ ނަމަ އެ ކަމެއް ޙަރާމް ވާނެކަން ޔަޤީން ކަމަށް ވެސް ބަޔާން ކޮށްފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!