Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވެކްސިން ޖެހިފަހުން އުމުރުން ދުވަސްވީ މީހަކު ހާލު ދެރަވެ، ކޯމާއެއްގައި އޮތްކަމުގެ އަޑުތަކެއް

ވެކްސިން ޖެހިފަހުން އުމުރުން ދުވަސްވީ މީހަކު ހާލު ދެރަވެ، ކޯމާއެއްގައި އޮތްކަމުގެ އަޑުތަކެއް

ކޮވިޑް-19 އިން ދިފާޢުވުމަށް ޖަހާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން، އުމުރުން ދުވަސްވީ މީހަކު ހާލު ދެރަވެ، ކޯމާއެއްގައި އޮތް ކަމުގެ ވާހަކަތަކެއް ފެންމަތި ވެއްޖެއެވެ.

ފުވައްމުލަކު ސިޓީ އަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ މީހަކު ކޮވިޑަށް ވެކްސިން ޖެހީ މިދިޔަ މަހު 23 ވަނަ ދުވަހުގައި ކަމަށާއި އެއަށް ފަހު ހާލު ދެރަވެ މިހާރު އައިޖީއެމްއެޗް އައިސީޔޫގައި، ކޯމާއެއްގައި އޮންނަތާ އަށް ދުވަސް ވެއްޖެ ކަމަށް "ދެން" އަށް މައުލޫމާތު ދެމުން އޭނާގެ ދަރިފުޅު ބުންޏެވެ.

"65 އަހަރުގައި ކްރިޓިކަލް ދެއްތޯ ވެކްސިން ޖަހަން ވެސް. އެހެން ނަމަވެސް މަޖުބޫރު ކޮށްގެން، ވަޒީފާއިން ވަކި ކުރާނެ ކަމުގެ ބިރު ވެސް އިންނާތީ ވެކްސިން ޖެހީ. އަޅުގަނޑުގެ ބައްޕައަކީ ތަނެއްގައި ސެކިއުރިޓީ ގާޑަކަށް އިންނަ މީހެއް." މައުލޫމާތު ދިން މީހާ ކިޔައިދިނެވެ.

Advertisement
HDC — Sidebar (box)

<img class="alignnone wp-image-70988 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/Polish_20210316_193601701.jpg" alt="" width="720" height="540" />

އެމީހާ އިތުރަށް ބުނި ގޮތުގައި ވެކްސިން ޖެހިތާ ހަފްތާއެއް ފަހުން އޭނާގެ ބައްޕަގެ ހާލު ދެރަވާން ފެށިއެވެ. އެގޮތުން އިނގިލިތަކުގެ ވާގި ނެތިގެން ފުވައްމުލަކު ހޮސްޕިޓަލަށް ދެއްކި ކަމަށާއި އޭގެ ފަހުން އިތުރު ފަރުވާއަށް އައްޑޫއަށް ދިޔަ ކަމަށް ވެސް ބުންޏެވެ.

"މާލެއަށް ފޮނުވާ ދޭށޭ ބުނީމަ ވެސް ފުވައްމުލަކުން ފޮނުވީ އައްޑޫއަށް. އައްޑޫއަށް ފޮނުވައިގެން ހައްތަހާ ސަކަރާތްވީ. ހިތް ވެސް ހުއްޓުނު ދެ ފަހަރު، ތިން ފަހަރު ފިޓުވެސް ޖެހުނު. އެމީހުން ސީޕީއާރް ދިނުމުގެ ތެރޭގައި ބައްޕަގެ ސިކުނޑިއަށް ވެސް ގެއްލުން ވެފައި ވަނީ" ބަލިވިމީހާގެ ދަރިފުޅު ކިޔައިދިނެވެ.

މީގެއިތުރުން އޭނާ ބުނީ އޭނާގެ ބައްޕަގެ ހާލު ދެރަވެފައި ވަނީ ވެކްސިން ދިން ފަހުން ކަމަށް އައިޖީއެމްއެޗް ގެ ޑޮކްޓަރުން ވެސް ބުނި ކަމަށެވެ.

"މިހާރު އައިސީޔޫގައި އޮންނަތާ ވެއްޖެ އަށް ދުވަސް. ވެންޓިލޭޓަރުގައި އޮތީ. އަދިވެސް ހޭ ނާރާ. ޑޮކްޓަރުން ބުނަނީ ވެކްސިން ޖެހި ފަހުންނޭ ތިހެން ވާން ފެށީ އަނެއްހެން މައްސަލަތަކެއް ނޫޅެޔޭ ގައިގައެއް." އޭނާ ބުންޏެވެ.

އޭނާ އިތުރަށް އޭނާގެ ބައްޕަގެ ކަރު ފަޅާލާފައި ކަރަށް ހޮޅިއެއްލައްވަން މިހާރު އުޅޭކަމަށާއި އެއީ ވެންޓިލޭޓަރުގައި މާ ގިނަ ދުވަހު ނުބޭއްވޭނޭ ކަމަށްބުނެ ނިންމި ގޮތެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ އޮފިޝަލަކު "ދެން" އަށް ވިދާޅުވީ މިފަދަ ކޭސްއެއް އެބައުޅޭ ކަމަށާއި އެސެންޓަރުން އެކަން ބަލަމުންދާ ކަމަށެވެ.

"އެބައިން އަޅުގަނޑުމެން އަތުގައި ރިޕޯޓް. މިކަހަކަ ހުރިހާ ކޭސްއެއް ވެސް އަޅުގަނޑުމެންގެ އެޑްވައިސް އިވެންޓް ކޮމިޓީން ބަލާނެ." އޮފިޝަލު ވިދާޅުވިއެވެ.

މީގެ އިތުރުން އޮފިޝަލު ވިދާޅުވީ މިފަދަ ކޭސްތައް (ވެކްސިން ދިނުމަށްފަހު ހާލު ދެރަ ވުމުން) ބަލަން ބޭނުން ވަނީ އެއީ ވެކްސިންއާ ހެދިތޯ ނުވަތަ ގުދުރަތީ ގޮތުން ބަލިވީތޯ ބެލުމަށް ކަމަށެވެ. އެހެންކަމުން ވެކްސިން ދިނުމަށްފަހު ކޮންމެ މީހަކުވެސް ހާލު ދެރަ ވެއްޖެނަމަ، އެމީހެއްގެ ހާލު އެޗްއީއޯސީ އަދި އެޗްޕީއޭ އިން ވެސް ބަލަމުން ގެންދާނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް