ޚަބަރު

އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާ، އިންސާފު ހޯދުމަށް ދެވެން ހުރި ހުރިހާ ތަނަކަށް ދާނަން: އާއިލާ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދުވަސް ނުފުރާ، ބަނޑަށް ފަސް މަހުގައި ވިހެއި ތުއްތު ކުއްޖަކު ނިޔާވުމުގައި އައިޖީއެމްއެޗްގެ އިހުމާލު ވަރަށް ބޮޑަށް އޮތްކަމަށް ބުނެ، އެކަމުގައި އިހުމާލުވި ފަރާތްތަކާމެދު އެޅެން އޮތް ފިޔަވަޅެއް އެޅުމަށް މަސައްކަތް ކުރާނެ ކަމަށް އެ ތުއްތު ކުއްޖާގެ އާއިލާއިން ބުނެފިއެވެ.

Ads by STELCO

އާއިލާގެ ފަރާތުން "ދެން" އަށް މައުލޫމާތު ދެމުން އެކުއްޖާގެ ބޭބެއެއް ބުނީ، ނިޔާ ވަންދެން އެވަގުތު އެތަނުގައި ތިބި ނަރުހުންނާއި ޑޮކްޓަރުން ބޭއްވީ ކަމަށާއި، އެމައްސަލަ މިހާރު ވެސް ފުލުހުންނަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އަށް ވެސް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް މައްސަލަ ބެލެން ނެތް ކަމަށް ފުލުހުން ވިދާޅުވި ކަމަށެވެ.

"ބޭބީ ވިހެއީ އެހޮސްޕިޓަލުގެ ފާޚާނާ ތެރޭގައި، ނަރުހެއްގެ އަތް މައްޗަށް. ނަރުސް ކުއްޖާގެ އަތްމައްޗަށް ވިހެއި ތަނުން ބުނި ކަމަށް ވަނީ ވިހައިފިއޭ، 300 ގްރާމޭ. އެއީ ކޮން ކައްޓާއަކުން ކިރާފަ ކަމެއް ނޭނގެ. ދެން ނަގާފައި އެހެން ބާއްވާފަ އޮތީ، ފޫޅުގައި ދަތި ވެސް ތަތް ނުކޮށް، އެހާ ޅަފަތުގައި ވިހެއި ކުއްޖަކަށް ވީމަ ބޭބީ ވޯމަރ އެއްވެސް ބޭނުން ވާނެ ނޫންތޯ. އަޅުގަނޑު ނަރުސް ކުއްޖާ ކައިރީގައި ބުނިން އެހެން ބޭއްވީމަ ފިނިވާނެ ނޫންހޭ. ބެކްޓީރިއާ ފްރީ އެންވަޔަރަމެންޓެއްގައި ނޫންހޭ ބާއްވަން ވާނީ. ފަހުން އައިސް އަޅުގަނޑު ބެލިއިރު އޮތީ ހުދު ފޮތިގަނޑަކަށްލާފަ އޮޅާލާފަ. އޭގެ ކުރިން ދުށިން ބޭބީ އަނގަ ހުޅުވައިގެން އޮތް ތަން ވެސް، ނޭވާލާކަން ވެސް އެނގުނު. އެކަމަކު ހުދު ފޮތިގަނޑަށް ލާފައި އޮތްއިރު އަނގަވެސް ލެއްޕިފަ އޮތީމަ ސުވާލު ކުރީމަ ބުނީ މަރުވެއްޖެކަމަށް ނިންމަން ވެގެންނޭ މިހާރު ބާއްވާފަ އޮތީ" ކުއްޖާގެ ބޮޑުބޭބެ ބުންޏެވެ.

މިމައްސަލަ ހުށަހެޅެން އޮތް ހުރިހާ ތަނަކަށް ހުށަހަޅާނެ ކަމަށާއި އިންސާފު ހޯދުމަށް މަސައްކަތް ކުރުން ހުއްޓާ ނުލާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ކުއްޖާ ވިހެއީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި ނިޔާވީ 13 ވަނަ ދުވަހު އިރާކޮޅު ކަމަށް ވެސް އޭނާ ބުންޏެވެ.

މިމައްސަލައާ ގުޅޭގޮތުން މިހާތަނަށް އައިޖީއެމްއެޗުން ބުނީ، އެކަން ބަލަމުން ގެންދާ ކަމަށާއި ބެލުމަށް ފަހު އެހޮސްޕިޓަލުން ބަޔާނެއް ނެރޭނެ ކަމަށެވެ.

Ads by Allied Insurance
  1. ަޔާރު

    ބަޔާން ނެރުނީމަ ނިމުނީތަ؟

  2. ވޯލް

    ރާއްޖޭގައި މައްސަލައަކީ މީހުން މެޑިކަލް ކަންކަން ޑޮކްޓަރުންނަށް ވުރެ ބޮޑާށް އެނގޭތީ. 6 ހްތާފައި ކުއްޖާގެ ފުރާނަ އަލުވާ. އެކަމަކު އިންސާނަކު ދުނިޔޭގައި ހުންނަން ބޭނުނވާނެ ގުނަވަންތަކެއް ފުރިހަމައަށް އުފެދިފަ ނެތިއްޔާ އެކުއްޖާ ދިރި ނުހުރެވޭނެ. އިސްޕްރިޗުއަލް ކަންކަން ޤާބޫލު ކުރިއަސްތީ ބޮޑު ވަރު.