Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރައީސް ޞާލިހުގެ ދެ ކަނބަލުން ބަނގްލަދޭޝްއަށް ވަޑައިގެންފި

ރައީސް ޞާލިހުގެ ދެ ކަނބަލުން ބަނގްލަދޭޝްއަށް ވަޑައިގެންފި

ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފަސްޓްލޭޑީ ފަޒްނާ އަހުމަދު ބަންގްލަދޭޝްއަށް ވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ބަންގްލަދޭޝްއަށް ވަޑައިގަތުމުން، އެގައުމުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ރައީސް ޞާލިހުގެ މިދަތުރުފުޅަކީ ބަންގްލަދޭޝްއަށް 1975 ވަނަ އަހަރު އަވަހާރަ ކޮށްލާފައިވާ ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާނަށް 100 އަހަރު ފުރުމުގެ މުނާޞަބާގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

Advertisement
HDC — Sidebar (box)

މި ދަތުރުފުޅުގައި ބަނގުލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް ޒިޔާރަތް ކުރެއްވުމާއި އެ ޤައުމުގެ ސަރުކާރުގެ އިސްއޮފިޝަލުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. ހަމަ އެހެންމެ ރައީސްގެ މިދަތުރުފުޅުގައި ބަނގުލަދޭޝްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

https://twitter.com/presidencymv/status/1372019967466500096?s=20

ރައީސް އާއި ދިވެހި ވަފުދުގެ ބޭފުޅުން އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ 2021 މާރިޗު 20 ވަނަ ދުވަހުގައެވެ.

ރައީސް ޞާލިހުގެ ބަންގްލަދޭޝްއަށް ވަޑައިގެންފައި ވަނީ ޤަތަރަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. މި ދަތުރުފުޅުގައި ރައިސުލްޖުމްހުރިއްޔާ ވަނީ ޤަޠަރުގެ އަމީރު ހުންނަވާ ގަނޑުވަރަށް ވަޑައިގެން ޤަޠަރުގެ އަމީރު ޝެއިޚް ތަމީމް ބިން ޙަމަދު އައްޘާނީއާ ބައްދަލު ކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ޤައުމުގެ އިސް ވެރިން ވަނީ ދެ ޤައުމުގެ ދެމެދުގައި އޮތް ދޭދޭ ގުޅުން ދެމެހެއްޓެވުމަށް މަޝްވަރާ ކުރައްވާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް