Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އަންހެނުންގެ ކިބައިން އަނދުން ހުސެއިން މާފަށް އެދިއްޖެ

އަންހެނުންގެ ކިބައިން އަނދުން ހުސެއިން މާފަށް އެދިއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕެޑާ ގުޅުވައިގެން ދެއްކެވި ވާހަކައަށް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސޭން) މާފަށް އެދިއްޖެއެވެ. ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި އިދިކޮޅު ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު، އާދަމް ޝަރީފް އުމަރު މަޖިލީހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށް ވިދާޅުވެ، އަނދުން ހުސެއިން މަޖިލީހުގައި ދެއްކެވި ވާހަކައަށް ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ. އަނދުން ހުސެއިން މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާ ދެއްކެވި ވާހަކަތަކަށް މާފަށް އެދިވަޑައިގެންފައެވެ. "ބަލައި ނުގަނެވޭނެ ފަދަ ވާހަކައެއްކަން ގަބޫލުކުރަން. އަޅުގަނޑު މިފަދަ ބަސްތަކަށް ސަމާލު އިތުރަށް ވާނަން،" އޭނާ ވިދާޅު ވިއެވެ. https://twitter.com/AndhunHussain/status/1372045385208786945?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1372045385208786945%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsun.mv%2F150171
އެދުވަހުގެ ޖަލްސާގައި ނިޒާމީ މައްސަލައެއް ނަންގަވައި އާދަމް ޝަރީފަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން، އަނދުން ވިދާޅުވީ އާދަމް ޝަރީފް މަޖިލިހަށް ވަޑައިގަންނަވަނީ ޕެޑް ޖައްސަވައިގެން ކަމަށާއި އެ މަންޒަރު އޭނާއަށް އެތައް ދުވަހަކު ފެނިވަޑައިގެންނެވި ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް