ކުޅިވަރު

‎ދަ ގްރާންޑޭގެ ގެ ފުރަތަމަ ޑިވިޝަން ޓީމުގެ މެނޭޖަރު ކަމަށް ނަބީލު ޒަމީލު

ދެން އެމްވީ ، ދެން އޮންލައިން

ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯރޓްސް ކުލަބުގެ މެނޭޖަރު ކަމުގެ މަގާމަށް ނަބީލު ޒަމީލް ހަމަޖައްސައިފިއެވެ. އެ ޓީމުގެ ރައީސް، ފަސީހުމުހަންމަދު ސޮއިކޮށް ނެރެފައިވާ ބަޔާނެއްގައި، އެ ކުލަބުގެ ފުރަތަމަ ޑިވިޝަން ގެ މެނޭޖަރު ކަމަށް ނަބީލު ޒަމީލު ހަމަ ޖައްސައިފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި ހަމަ އެހެންމެ މި ބަޔާނުގައި ނަބީލަކީ ޒުވާނުންގެ ކުރި އެރުމަށް އެތައް ގޮތް ތަކަކުން މަސައްކަތް ކުރަމުން އަންނަ ކެރޭ ޒުވާނެއް ކަމަށާއި އަދި އޭނާ އަކީފުރަތަމަ ޑިވިޝަންގެ ކުޅުންތެރިންނަށް މިހާރުވެސް މުހިންމު ޚިދުމަތް ތަކެއް ކުރަމުންދާ މީހެއް ކަމަށް ފާހަގަ ކޮށްފައި ވެއެވެ..

Ads by MWSC

މި ހުރިހާ ސަބަބު ތަކަކާއި އެކު ނަބީލު އާއި އެކު މަސައްކަތް ކުރުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް ކަމުގައި ދެކޭ ކަމަށާއި ނަބީލުގެ މެނޭޖަރު ކަމުގެ ދަށުންޓީމަށް އިތުރު ކާމިޔާބާއި ކުރި އެރުން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް މި ބަޔާނުގައި އިތުރަށް ބުނެފައި ވެއެވެ..

ނަބީލަކީ މިހާރުވެސް ދިވެހި ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައިވާ އެއް ކުޅިވަރު، ބައިބަލާ ޓީމެއް ކަމުގައިވާ ވީއޭނާ ސްޕޯރޓްސް ކުލަބުގެ ރަޢީސް ކަންކުރަމުން ގެންދާ އަދި ދިވެހި ޒުވާނުންނަށް ހުރި ފުރިހަމަ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރާ ހުނަރުވެރި ޒުވާނެކެވެ.

ސިޔާސީ ދާއިރާގައި ވެސް ނަބީލަކީ އިސް ސަފުގައި ހަރަކާތްތެރިވާ ޒުވާނެއްކަން ފާހަގަ ކޮށްލެވެއެވެ. އެ ގޮތުންޕީ.އެން.ސީ ކައުންސިލްގައި ވެސް އޭނާ ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!