ނިއުޕޯޓް ވިއުގެ މައްސަލައިގައި ޑރ. މުޢިއްޒުގެ މައްޗަށް ދައުވާ ކުރަން އެބައުޅޭ: ޒާހިދު

ނިއުޕޯޓު ކުންފުނިން ރާޅުގަނޑު ސަރަހައްދުގައި ހިންގި ނިއުޕޯޓު ވިއުގެ މައްސަލައިގައި، ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީ މޭޔަރު ކަމަށް ވާދަ ކުރައްވާ ޑރ. މުޙައްމަދު މުޢިއްޒުގެ މައްޗަށް ދައުވާ ކުރަން އުޅޭކަމަށް ޕީޕީއެމްގެ ކައުންސިލުގެ މެންބަރު ޒާހިދު ރަމީޒު ވިދާޅުވެއްޖެއެވެ.
ޒާހިދުގެ ނިއުޕޯޓު ކުންފުނިން ރާޅުގަނޑު ސަރަހައްދުގައި ހިންގި ނިއުޕޯޓު ވިއުގެ މައްސަލައިގައި، ޑރ. މުޢިއްޒަށް ދައުވާކުރަން އުޅެނީ ޕީޖީއާއި އޭސީސީ ގުޅިގެން ކަމަށް މައުލޫމާތު ލިބޭ ކަމަށާއި މިއީ ސިޔާސީ ދައުވާއެއް ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.
ޕީޖީ ޙުސައިން ޝަމީމު ޓެގު ކުރައްވައި އެއީ ދޮގެއްތޯ ސުވާލު ކުރައްވަމުން ޒާހިދު ވިދާޅުވީ، މިދައުވާގެ ޓާގެޓަކީ ޑރ.މުޢިއްޒު މާލޭގެ މޭޔަރުކަން ކާމިޔާބު ކުރައްވާ ހޮވިވަޑައިގަތުން ޔަޤީން ވުމުން، ބިޑު ކުރުމުގައި އެއްވެސް މައްސަލައެއް ނެތް ނަމަވެސް މައްސަލައެއް އޮތް ކަމަށް ހަދައި މަޤާމުގެ ނުފޫޒު ބޭނުން ކުރެއްވި ކަމަށް ހަދައި އަގު ވައްޓައިލުން ކަމަށެވެ.
https://twitter.com/xahidcreator/status/1372212926401028096?s=20
މިކަމުން ސާބިތު ވަނީ ޕީޖީ ޙުސައިން ޝަމީމަކީ މާ މާތް ކަމަށް ހެދިވަޑައިގެން އުޅުއްވި ނަމަވެސް އަދި މިނިވަން ބޭފުޅެއް ކަމަށް ދެއްކެވި ނަމަވެސް، އޭނާއަކީ އެމްޑީޕީގެ އެކްޓިވިސްޓު ފެންވަރުގެ ބޭފުޅެއްކަން ކަމުގައި ވެސް ޒާހިދު ވިދާޅުވިއެވެ. އަދި ހަމަ އެފަދައިން އޭސީސީ ރައީސްއަކީ ވެސް އެމްޑީޕީ އެކްޓިވިސްޓު ފެންވަރުގެ ބޭފުޅެއް ކަމުގައި ޒާހިދު ވިދާޅުވިއެވެ.







ކޮމެންޓް