ދުނިޔެ

ކޮވިޑް-19: ފްރާންސަށް އަރާ ތިންވަނަ ރާޅުގެ ބިރާއެކު ޕެރިސް ފުރަބަންދަށް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފްރާންސަށް ކޮވިޑް-19 ގެ ތިންވަނަ ރާޅެއް އަރަން އުޅޭކަމުގެ ބިރާއެކު، އެއް މަސް ދުވަހުގެ ފުރަބަންދަކަށް ދާން ވެރި ރަށް ޕެރިސް ތައްޔާރު ވެއްޖެއެވެ.

Ads by WAMCO

ޕެރިސްގެ އިތުރުން ފްރާންސް ގެ 15 ޑިޕާޓްމަންޓެއްގައި މިރޭ 12:00 އިން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ބީބީސީން ރިޕޯޓު ކޮށްފައިވެއެވެ.

ފްރާންސް ގެ ބޮޑުވަޒީރު ޖީން ކާސްޓެކްސް ވިދާޅުވީ ކޮވިޑްގެ ތިންވަނަ ރާޅާއެކު އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމި ނަމަވެސް، ކުރީ ފަހަރުގެ ފުރަބަންދުގައި އެޅި ފިޔަވަޅުތަކަށް ވުރެ މިފަހަރު ލުއި ދޭނެ ކަމަށެވެ.

އެގޮތުން މިފަހަރުގެ ފުރަބަންދުގައި ބޭރަށް ނުކުމެ ކަސްރަތު ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮންނާނެ ކަމަށް ވެސް ބޮޑު ވަޒީރު ވިދާޅުވިއެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ފްރާންސުން 35،000 އަށްވުރެ ގިނަ މީހުން ވަނީ ކޮވިޑަށް ފައްސި ވެފައެވެ.

މީގެއިތުރުން ޕެރިސްއިން ކޮވިޑަށް ފައްސިވީ މީހުންގެ ތެރެއިން، 1،200 މީހުންނަށް އައިސީޔޫ ގައި ފަރުވާ ދެމުންދާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައި ވެއެވެ.

ކޮވިޑް-19 ކޮންޓްރޯލު ކުރުމަށް ފްރާންސް ގައި އަޅާ އިތުރު ފިޔަވަޅުތަކުގެ ދަށުން، ކުދި ވިޔަފާރިތައް ބަންދު ކުރަން ނިންމާފައި ވެއެވެ. ނަމަވެސް ސްކޫލުތައް ބަންދު ނުކުރާނެ ކަމަށާއި އެމީހަކު ދިރިއުޅޭ ގެއިން ފެށިގެން 10 ކިލޯމީޓަރަށް ބޭރުގައި ކަސްރަތު ކުރަން އުޅެވޭނެ ކަމަށް އެޤައުމުގެ ހެލްތު މިނިސްޓްރީން ވިދާޅުވެފައި ވެއެވެ. މީގެއިތުރުން އެދެވިގެންވާ ސަބަބަކާއިނުލާ އެޤައުމުގެ އެހެން އެއްވެސް ސަރަޙައްދަކަށް އެދުވަސްވަރު ދަތުރު ނުކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!