މަދޫރީ އަދި ސަލްމާން ޚާން އާއި ދިމާލަށް ޝާހްރުކް ޚާން ގޮވާ އުޅުނީ ކީކޭކިޔާފަކަން އެނގޭތަ؟
![](https://dhen.mv/wp-content/uploads/2020/08/bxNEWUfcFAdpRzM.jpg)
ޓީވީ ޝޯތަކުން ބޮލީވުޑްގެ ފިލްމުތަކަށް މީގެ އެތައް އަހަރުތަކެއް ކުރިން ޝާހުރުކް ޚާމް ވަނުމަށްފަހު އޭނާވަނީ މިދާއިރާގައި ފައިތިލަ ސާބިތު ކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ޝާހްރުކް ޚާނަކީ މިހާރު ދުނިޔޭގެ ގިނަ ބަޔަކަށް މައްޝޫރު، ގިނަ ބައެއްގެ ލޯބި އިންތިހާއަށް ލިބިފައިވާ ކުޅަދާނަ އެކްޓަރެކެވެ.
ދާދި ފަހުން ޝާހްރުކް ޚާން ވަނީ ރަސްމިއްޔާތެއްގައި އޭނާ ދައްކާފައިވާ ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް އަލުން ހިއްސާ ކޮށްފައެވެ.
އެގޮތުން 41 ވަނަ ފިލްމް ފެއާރ އެވޯޑުގައި ވާހަކަ ދައްކަމުން ޝާހްރުކް ޚާން ބުނެފައިވަނީ އޭނާ ދާއިރާއާއި ގުޅުނުއިރު ވަރަށް ގިނަ ބަޔަކަށް އިޚްތިރާމް ކުރި ކަމަށާއި މިހާރުވެސް ކުރާ ކަމަށެވެ.
![](http://localhost/imgfly/images/ZeFT0qlvTycH8Qn.jpeg?w=755&h=502&fit=crop-center)
"އަހަރެން ކުރިން ސަލްމާން ޚާން އަށް 'އަންކަލް' (ބޮޑު ބޭބެ) އަދި މާދޫރީ އާއި ދިމާލަށް 'މައުޝީ' (ބޮޑު ދައިތަ) އޭ ކިޔާފަ ގޮވިން" ޝާހްރުކް ޚާން ބުނެފައިވެއެވެ.
ޝާހްރުކް ގެ މިވާހަކަތަކަށް އޯޑިއަންސްގައި ތިބި އެންމެން ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޝާހްރުކް ޚާން އަބަދުވެސް ފާހަގަވެފައިވަނީ ވަރަށް ވެސް މަޖާ މީހެއްގެ ގޮތުގައެވެ.