ނޯރާ ފަތޭހީ ދުބާއީގައި ނަގާފައި ހުރި ފޮޓޯތައް ފެނިފައި އެންމެން މިހާރު ބޭނުންވަނީ ބީޗަށްދާން

ނޯރާ ފަތޭހީއޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު މަދުވާނެއެވެ. މޮޅު އެކްޓްރެސް އެއްގެ އިތުރުން ނޯރާ ބޮޑަށް މަޝްހޫރު ވެފައި ވަނީ އޭނާގެ ހުނަރުވެރި ނެށުމުންނެވެ.
"ދިލް ބަރް ދިލް ބަރް" ލަވައިން ބެލުންތެރިންގެ މެދުގައި ހޫނު ތަރުހީބެއް ހޯދި ނޯރާ ގެ ފޭނުން މިހާރު މުޅި ދުނިޔޭގައި އެބަތިއްބެވެ. އަދި އޭނާ ކުޅޭ ކޮންމެ ލަވައަކަށް މިލިއަނުން ލައިކްސް ލިބެއެވެ.
ލަވަތައް މަޝްހޫރުވުމުން، ގިނަބަޔަކު ދަސްކުރަނީ ހަމައެކަނި ނޯރާ އެލަވަތަކުގައި ފައިހަމަ ކޮށްފައިވާ ހަރަކާތްތައް އެކަންޏެއް ނޫނެވެ. އާންމު ދިރިއުޅުމުގައި ނޯރާ ކުރާ ކަންކަން ވެސް ކޮޕީ ކުރާ މީހުން މިހާރު މަދެއް ނޫނެވެ.
އެގޮތުން ދާދި ފަހުން ނޯރާ ވަނީ ޗުއްޓީ ހޭދަކުރަން ދުބާއީ އަށް ގޮސް ނަގާފައި ހުރި ފޮޓޯތަކެއް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައެވެ.
ދުބާއީގައި ނޯރާ ހުރުމުން، ކުރިން އެޤައުމަށް ނުދާ މީހުންވެސް މިހާރު ބޭނުންވަނީ ދުބާއީ ގެ ބީޗަށް ދާން ކަމަށް "ބޮލީވުޑް ލައިފް" ގެ ރިޕޯޓެއްގައި ބުނެފައިވެއެވެ. ނޯރާ ގެ އެ ފޮޓޯތަކަށް ކޮމެންޓު ކުރި ގިނަ މީހުން ވެސް ބުނެފައިވަނީ ދުބާއީ ގެ ބީޗުގައި ނޯރާ ހުރުމުން އިތުރު ފުރިހަމަ ކަމެއް ލިބިފައިވާ ކަމަށާއި އެހެންކަމުން އެމީހުން ވެސް ބޭނުމީ އަވަހަށް ދުބާއީ ގެ ބީޗަށްދާން ކަމަށެވެ.