ޚަބަރު

ދިވެހި ޕްރިމިއަރ ލީގު ވީހާވެސް އަވަހަށް ފެށޭތޯ މަސައްކަތް އެބަ ކުރެވޭ : ބައްސާމް

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: އެޑިޝަން އެމްވީ

ދިރާގު ދިވެހި ޕްރިމިއަރ ލީގްގެ ކުޅުން ވީހާ ވެސް އަވަސް ކޮށް ، މި ހަފްތާގެ ފަހު ކޮޅުގައި ފެށޭވަރުވާނެކަމަށް އުއްމީދު ކުރައްވާ ކަމަށް އެފްއޭއެމުން ބުނެފިއެވެ.

Ads by MWSC

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިމަހުގެ 20 އަދި 21 ހިސާބުގައި ލީގު ފަށަން މަސައްކަތްކޮށް އެޗްޕީއޭއާއެކު މަޝްވަރާތައް ވެސް ކުރެވުނު ކަމަށެވެ. އަދި އެޗްޕީއޭއާއެކު ކުރެވުނު މަޝްވަރާތަކަށްފަހު ލީގު ފެށޭތޯ ކުރި މަސައްކަތް ކާމިޔާބު ނުވީ މާލެއިން ފެންނަ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން ކަމަށެވެ.

ބައްސާމް ވިދާޅުވީ އެޗްޕީއޭއިން ޓީމްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށް ހުއްދަދިން ނަމަވެސް ލީގު ފަށަން ހުއްދަ ދީފައި ނުވާ ކަމަށެވެ.

އަދި އެޗްޕީއޭއާއެކު ކުރިން ކުރެވުނު މަޝްވަރާތަކަށް ފަހު މިމަހުގެ 20 އަދި 21 ހިސާބުގައި ލީގް ފެށުމަށް މަސައްކަތް ކުރިނަމަވެސް މާލޭގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން މިހާރު ލީގް ފެށޭނެކަމަށް އުއްމީދު ކުރެވެނީ މި މަހުގެ 25 ހިސާބުގައިކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ.

މާލޭގެ ކޯވިޑް-19ގެ ކޭސްތައް އިތުރުވުމާ ގުޅިގެން މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށް އެޗްޕީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެއް ހަފްތާއަށް  އިތުރު ކޮށްފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!