Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މާލޭގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން އަލުން ހުޅުވާލަނީ

މާލޭގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން އަލުން ހުޅުވާލަނީ

މާލެ ސަރަހައްދުގައި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާނެކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.

އެޗްޕީއޭއިން ދެންމެ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ މީހުންނަށް ވެކްސިން ޖެހޭނެ ތާރީހެއް އެ އެޖެންސީ އިއުލާނު ކުރާނެ ކަމަށެވެ.

“މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ނުޖަހާ ފަރާތްތަކަށް ވެކްސިން ޖެހޭނެ ތާރީހެއް މި އެޖެންސީން އިއުލާނެ ކުރާނެ “ އެޗްޕީއޭގެ ޓްވީޓެއްގައި ބުނެފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/hpa_mv/status/1372960080522440705?s=21

ރާއްޖޭގައި މިހާތަނަށް ޖަހަމުން އައީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ އޮކްސްޕޯޑް-އެސްޓަރެޒެނިކާގެ ވެކްސިން ކޮވިޝީލްޑެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 218،046 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 121،630 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 96،416 މީހަކަށް ވެކްސިން ދީފައި ވެއެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުގައި ވެކްސިން ދީފައި ނުވި ނަމަވެސް އަތޮޅުތެރެއިން 449 މީހަކަށް ވެކްސިން ދީފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް