Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޓެންޒެނިއާގެ ފަސްވަނަ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

ޓެންޒެނިއާގެ ފަސްވަނަ ރައީސް އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ތަޢުޒިޔާ ވިދާޅުވެއްޖެ

ޓެންޒެނިޔާގެ ފަސްވަނަ ރައީސް ޖޯން ޕޮމްބޭ ޖޯސެފް މަގުފުލީ އަވަހާރަވުމާ ގުޅިގެން އެ ޤައުމުގެ ރައީސް ސަމިއާ ސުލޫހޫ ޙަސަންއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަޢުޒިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި،މިމަހުގެ ކުރީކޮޅު ރައީސް ޖޯސެފް މަގުފުލީ އަވާހަރަވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޓެންޒެނިޔާއަށް ކުރިމަތިވި މި ހިތާމައިގައި އެ ޤައުމުގެ ރައްޔިތުންނާއެކު، ދިވެހިރާއްޖެއިން ވެސް ކޮމަންވެލްތު ޢާއިލާގެ މެންބަރެއްގެ ގޮތުން ބައިވެރިވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙްގެ މެސެޖުގައި، ޓެންޒެނިޔާގެ ހަ ވަނަ ރައީސްގެ ޒައާމަތުގައި ދެޤައުމުގެ ގުޅުން ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

Advertisement
HDC — Sidebar (box)

އަދި، ޓެންޒެނިޔާގެ ރައީސް ޖޯސެފް މަގުފުލީ އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ރައްޔިތުންނާއި ސަރުކާރާއި އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އެ ޤައުމުގެ ރައްޔިތުންނަށާއި، ޚާއްޞަކޮށް ރައީސް މަގުފުލީގެ ޢާއިލާގެ ބޭފުޅުންނަށް އިޚްލާޞްތެރި ތަޢުޒިޔާއެއް ރައީސް ޞާލިޙް ފޮނުއްވާފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް