Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ހއ.ގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ލައްގައިފި

ހއ.ގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ލައްގައިފި

ހއ. ގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ލައްގައިގެން ފުލުހުން ހަރަކާތްތެރި ވަމުން އެބަދެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ހއ.ގެ ބައެއް ރަށްރަށުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޕެކެޓުތަކެއް ލައްގަމުންދާތީ އެކަމާ ގުޅިގެން ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

މިތަކެތި ފެނިފައި ވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށާއި މިހާރު ވެސް އެސަރަޙައްދުގައި ފުލުހުން ހަރަކާތްތެރި ވަމުންދާ ކަމަށް އޮފިޝަލު މައުލޫމާތު ދެއްވައެވެ.

Advertisement
Allied — Dhen Online (box)

ފުލުހުން ވިދާޅުވީ، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެހިތަކެއް ލައްގާފައި ވަނީ މީހުން ދިރިއުޅޭ ބައެއް ރަށްރަށުންނާއި، ބައެއް ފިނޮޅުތަކުން ކަމަށެވެ.

ހއ. ގެ ބައެއް ރަށްރަށުން މަސްތުވާތަކެތި ފެނިފައިވާއިރު، އެއަތޮޅު ފިއްލަދޫ ޖެޓީ ސަރަހައްދު މޫދުން 25 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް