Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެއުޅޭ "ކެފޭއަކުން" މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެއުޅޭ "ކެފޭއަކުން" މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތި ބޭނުންކުރާ މީހުން އާންމުކޮށް ވަދެއުޅޭ ކެފޭއަކުން މީހަކު މިއަދު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން ވަންނަ ތަނަކުން މަސްތުވާތަކެއްޗާއެކު ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު މީހަކު ގެންގޮސްފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ރެއިޑްކޮށް ހައްޔަރު ކޮށްފައިވަނީ މއ.ކުއްޅަފިލާގެއަށް ވަން މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މަސްތުވާ ތަކެތި ކަމަށް ބެލެވޭ ފަސް ޕެކެޓަކާއެކު ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

އެގެއަކީ ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރާ މީހުން އާއްމުކޮށް ވަދެ އުޅޭ ތަނަކަށް ވާތީ އެކަން ހުއްޓުވުމުގެ ގޮތުން ދޭތެރެ ދޭތެރެއިން ފުލުހުން ވަދެ ބަލައި ފާސްކުރުން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިދުވަސްކޮޅު ރާއްޖޭގެ އެކި ސަރަޙައްދުތަކުން އަނެއްކާ ވެސް މަސްތުވާތަކެތި ފެންނަމުން ދެއެވެ. އެގޮތުން މާލެއިން މީހަކު ހައްޔަރު ކޮށްފައިވާއިރު، މިއަދު މެންދުރު ހއ. ގެ ބައެއް ރަށްރަށަށް ވެސް ވަނީ މަސްތުވާތަކެތި ލައްގާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް