ލުއި ޚަބަރު

ތުއްތު 4 ކުދިން މަރާލި ކަމުގެ ތުހުމަތުގައި ޖަލަށްލި މަންމަގެ ފޮރުވިފައިވާ ހަގީގަތް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ ވޭތުވެދިޔަ 18 އަހަރު ވަންދެން ޖަލުގައި ހޭދަ ކުރި އޮސްޓްރޭލިއާގެ މީހެއް ކަމުގައިވާ ކެތްލީން ފެލްބިގް ނަމަކަށް ކިޔާ މީހެއްގެ ވާހަކައެވެ.. ކެތްލީން އަށް ޖަލުގެ ހުކުމް އައިސްފައި ވަނީ އޭނާ ވިހައިފައިވާ 4 ކުދިން މަރާލުމުގެ ތުހުމަތުގައެވެ.

Ads by STELCO

ކެތުލީނާގެ ތަޙްޤީޤުގެ މަރުހަލާގައި މިހާރު ވަނީ ހީވެސް ނުކުރާ  ފަދަ ހެއްކެއް ލިބިފައެވެ. ޖީން ޓެސްޓް ތަކުން ހާމަވި ގޮތުގައި ކެތްލީނާގެ ދަރިން މަރުވެފައި ވަނީ ޖެނެޓިކް މިޔުޓޭޝަން ގެ ސަބަބުން ދިމާވާ ހިތުގެ މައްސަލަތަކަކާ ގުޅިގެންނެވެ. މިކަމަށް، ސަޑެން އިންފެންޓް ޑެތް ސިންޑްރަމް ކިޔައެވެ. މީގެ މާނައަކީ ކެތެލީން ޖަލަށް ލެވިފައި ވަނީ ނުހައްގުން ކަމަށް ވެދާނެއެވެ. 18 އަހަރު ދުވަހު ޖަލުގައި ހޭދަ ކޮށްފައި ވަނީ ކުރި ކުށެއްގެ ސަބަބުން ކަމަށް ނުވެދާނެއެވެ.

އެސް.އައި.ޑީ.އެސް ނުވަތަ ސަޑެން އިންފެންޓް ޑެތް ސިންޑްރަމް އާބެހޭގޮތުން ސައިންސްވެރިން ދަނީ އިތުރު ހޯދުންތައް ހޯދަން މަސައްކަތް ކުރަމުންނެވެ. މިހޯދުންތަކުގެ ސަބަބުން ކެތްލީންއާ އަދިވެސް އެތައް މައިންބަފައިންގެ ސުވާލުތަކަކަށް ޖަވާބު ލިބިގެންދާނެއެވެ.

ކެތްލީންގެ ހަޔާތަށް ބަލާލާއިރު، އޭނާއަކީ އުނދަގޫ ދިރިއުޅުމެއް އުޅެފައިވާ މީހެކެވެ. މިގޮތުން އޭނާއަށް އެންމެ 18 މަހުގައި، އޭނާގެ ބައްޕަ ވަނީ މަންމަގެ ގަޔަށް ވަޅި ޖަހާ މަރާލާފައެވެ. މި ކުށުގެ އަދަބެއްގެ ގޮތުން 15 އަހަރުގެ ޖަލުހުކުމެއް ކެތެލީންގެ ބައްޕައަށް އައެވެ. އަދި ޖަލު ހުކުމް ތަންފީޒު ކުރުމުން އޭނާ ވަނީ އިންގްލޭންޑަށް އަރުވާލާފައެވެ. މީގެ އިތުރުން ކެތެލީން ކުޑައިރު ބައްޕަގެ ފަރާތުން ޖިންސީ ގޯނާއާ ކުރިމަތިލާން ޖެހުނެވެ.

1980 ގެ އަހަރުތަކުގެ ފަހުކޮޅުގައި ކެތްލީން މީހަކާ އިނެވެ. ފުރަތަމަ ދަރިފުޅު ލިބުނީ އޭނާގެ އުމުރުން 21 އަހަރުގައެވެ. މި ކުއްޖާ މަރުވީ ވިހެއިތާ އެންމެ 19 ދުވަސް ފަހުންނެވެ. 1990 ގައި ކެތެލީން ދެވަނަ ދަރިއަކަށް ބަނޑުބޮޑުވެ ދެވަނަ ފިރިހެން ކުއްޖެއް ލިބުނެވެ. ހެދި ޓެސްޓް ތަކުގެ ނަތީޖާ ރަނގަޅެވެ.  ނަމަވެސް 4 މަސް ފަހުން މި ކުއްޖާ ނިޔާވިއެވެ. ނިޔާވެފައި ވަނީ ސިކުނޑި އަށް ލިބިފައިހުރި ގެއްލުންތަކެއްގެ ސަބަބުން ފިޓް ޖެހިގެންނެވެ. ކެތްލީން ތިން ވަނައަށް ވިހެއި ކުއްޖާ މަރުވީ 10 މަހުގައެވެ.  ކެތްލީން ފުރަތަމަ ވިހެއި ކުއްޖާއެކޭ އެއްފަދައިން މި ކުއްޖާ ވެސް މަރުވީ ކޮން ސަބަބަކާހުރެ ކަމެއް ވަނީ ނޭނގިފައެވެ. 1999 ގައި އޭނާ ވިހެއި އެންމެ ފަހު ކުއްޖާ މަރުވެފައި ވަނީ އެންމެ 18 މަހުގައެވެ. މިހިސާބުން މިކަންތައް ފުލުހުން ތަހުގީގު ކުރަން ފެށިއެވެ.

2001 އަހަރުގެ އޭޕްރީލް 19 ގައި ކެތެލީން ވަނީ ހައްޔަރުކޮށް ޖަލަށް ލާފައެވެ. ކެތްލީންގެ ވަކީލުން ދަނީ އޭނާއަށް އިންސާފު ހޯދަ ދިނުމަށް މަސައްކަތް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!