Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑަށް ފައްސިކަން އެނގުނީ ދަތުރެއްކުރަން ޕީސީއާރް ޓެސްޓު ހެދުމުން: ޝިޔާމް

ކޮވިޑަށް ފައްސިކަން އެނގުނީ ދަތުރެއްކުރަން ޕީސީއާރް ޓެސްޓު ހެދުމުން: ޝިޔާމް

ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކޮވިޑަށް ފައްސިކަން އެނގުނީ، ދަތުރެއް ކުރައްވަން މިމަހުގެ 17 ވަނަ ދުވަހު ޕީސީއާރް ޓެސްޓު ހެދުމުން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސްކަން ވެސް ކުރައްވާ ޝިޔާމް ކޮވިޑަށް ފައްސި ވެފައިވާކަން މިއަދު ހާމަވުމުން އެމަނިކުފާނަށް އެތައް ބަޔަކު ވަނީ އަވަސް ޝިފާއަކަށް އެދި ހެޔޮ ދުޢާ ކޮށްފައެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަތުރު ކުރުމަށް މިމަހުގެ 17 ވަނަ ދުވަހު ޕީސީއާރް ޓެސްޓެއް ހެދުމުން، ކޮވިޑަށް ފައްސިކަން އެނގިފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އެއްވެސް ކަހަލަ އުނދަގުލެއް އަދި ބަލީގެ އަލާމާތެއް ވެސް ﷲ ގެ ރަޙްމަތްފުޅުން ނެތް. ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާ ގެ މެސެޖުތަކަށް ޝުކުރު ދަންނަވަން" ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ގެ އިތުރުން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވެސް ވަނީ މީގެ ކުރިން ކޮވިޑަށް ފައްސި ވެފައެވެ. މިއާއި އެކު މަޖިލީހުގެ މެންބަރުންގެ ތެރެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު ވަނީ 2 އަށް އަރާފައެވެ.

މި ދެ މެންބަރުންގެ އިތުރުން މަޖިލީހުގެ ބައެއް މުވައްޒަފުން ވެސް މީގެ ކުރިން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް