ފެނުގެ އަގު ވަޒަން ކުރުމަށް، ފައިސާގެ އިނާމުތަކަކާއެކު ކުޑަކުދިންނަށް ޚާއްސަ ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް!

ފެނުގެ އަގު ވަޒަން ކުރުމާއި ފެނުން ކުރެވޭ މުހިންމު ކަންތައްތައް މަންޒަރުތަކުން ދައްކުވައިދެވޭނެ ރަނުގެ ފުރުސަތެއް، ކުޑަކުދިންނަށްޓަކައި ވެސް މިނިސްޓްރީ އޮފް އެންވަޔަރަމެންޓުން މިވަނީ ހުޅުވާލާފައެވެ.
މިއަހަރުގެ ފެނުގެ ދުވަހުގެ ތީމަކީ "ވެލުއިންގ ވޯޓަރ" (ފެނުގެ އަގުވަޒަން ކުރުން) އެވެ. ދުނިޔޭގެ ފެނުގެ ދުވަހަކީ މާރިޗް މަހުގެ 22 ވަނަ ދުވަހެވެ. މިދުވަހާ ގުޅޭގޮތުން އެމިނިސްޓްރީން ވަނީ ކުޑަކުދިންނަށް ޚާއްސަ ކޮށްގެން ޕޯސްޓަރު ކުރެހުމުގެ މުބާރާތެއް ހުޅުވާލައިފައެވެ.
މި މުބާރާތާ ގުޅޭގޮތުން "ދެން" އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ވޯޓަރ އެންޑް ސެނިޓައިޒޭޝަން ޑިޕާޓްމަންޓުން ސޮބާޙް ރަޝީދު ވިދާޅުވީ މިއީ މިމަހުގެ 22 އިން އަންނަ އޭޕްރިލް މަހުގެ 5 އާ ހަމައަށް ކުރިއަށްދާނެ މުބާރާތެއް ކަމަށެވެ.
<img class="alignnone wp-image-72056 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/IMG-b191a80b5bb49cbb63b6094e09941b6b-V.jpg" alt="" width="1080" height="1350" />
" ވެލުއިންގ ވޯޓަރ މި ތީމްގެ ދަށުން ހިންގޭ މުބާރާތެއް މި މުބާރާތުގައި ބައިވެރިވުމަށް ގޫގްލް ފޯމް ލިންކުގައި މައުލޫމާތުތަށް ފުރިހަމަ ކުރުމަށްފަހު އެ ފޯމު ފޮނުވާލާނީ. މިއީ ދެ އުމުރުފުރާއަކަށް ބަހާލައިގެން ހިންގޭ، ވަނަވަނަ ހޮވާ މުބާރާތެއް." ސޮބާޙް ވިދާޅުވިއެވެ.
މި މުބާރާތުގައި ހިމެނޭ އުމުރުފުރާއަކީ 6-3 އަހަރާއި ދެމެދު އަދި 12-7 އަހަރާއި ދެމެދެވެ. އެގޮތުން މި ދެ އުމުރުފުރާއިން ވެސް އެއްވަނައަށްދާ ކުއްޖަކަށް ދެނީ 2000 ރުފިޔާއެވެ. ދެވަނައަށްދާ ކުއްޖަކަށް 1000 ރުފިޔާ ދޭއިރު، ތިންވަނައަށްދާ ކުއްޖަކަށް ދެނީ 500 ރުފިޔާއެވެ.
ގޫގްލް ފޯމުގައި ހިމަނަން ޖެހެނީ މުބާރާތުގައި ބައިވެރިވާ ގެ ފުރިހަމަ ނަމާއި އުފަން ތާރީޚާއި އައިޑީ ކާޑު ނަންބަރުގެ އިތުރުން، އެމީހެއްގެ އީމެއިލް އެޑްރެސް، ގުޅޭނެ ނަންބަރެއް އަދި މުބާރާތުގައި ހިމަނާ ފޮޓޯގެ އިނގިރޭސިން ކުޑަ ތަފްސީލަކާއި ނަގާފައިވާ ލޮކޭޝަނެވެ.
މި މުބާރާތުގައި ހިމަނާ ޕޯސްޓަރުތައް ފޮނުވަންވާނީ ސްކޭން ކޮށްފައި ކަމަށާއި، 2 އެމްބީ އަށް ވުރެ ކުޑަ އަދި 10 އެމްބީ އަށްވުރެ ބޮޑު ވެގެން ނުވާނެ ކަމަށް ވެސް ސޮބާޙް ވިދާޅުވިއެވެ. އަދި ފޮނުވާ ޕޯސްޓަރު ހުންނަންވާނީ ޖޭޕީއީޖީ ފޯމެޓުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ޕޯސްޓަރު ހުންނަން ވާނީ އޭ4 (ކެންވަސް) ސައިޒު ގައި ކަމަށްވެސް ސޮބާޙް ވިދާޅުވިއެވެ.
ގޫގްލް ފޯމް ލިންކް: <a href="https://docs.google.com/forms/d/e/1FAIpQLSes5J6bJDvpvaW8EqmmV_Ij57BAbUomVSE-U0sI0vukaUN8YQ/closedform">https://docs.google.com/forms/d/e/1FAIpQLSes5J6bJDvpvaW8EqmmV_Ij57BAbUomVSE-U0sI0vukaUN8YQ/closedform</a>







ކޮމެންޓް