Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް ދިފާޢު: ސިނޮފާމް ވެކްސިނާއެކު މިހާރު 220،768 މީހުން ވެކްސިން ޖަހައިފި

ކޮވިޑް ދިފާޢު: ސިނޮފާމް ވެކްސިނާއެކު މިހާރު 220،768 މީހުން ވެކްސިން ޖަހައިފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް މިއަދު މާލެ ސަރަޙައްދުގައި 1،597 މީހުންނަށް އަދި އަތޮޅުތެރެއިން 259 މީހުންނަށް ވެކްސިން ދީފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމު ކޮށްފައިވާ ޑޭޓާއަަށް ބަލާއިރު 1،856 މީހުންނަށް މިއަދު ކޮވިޑަށް ވެކްސިން ދީފައި ވެއެވެ. މިހާތަނަށް މުޅި ރާއްޖެއިން ޖުމްލަ 220،768 މީހުންނަށް ވެކްސިން ދީފައި ވެއެވެ.

މާލެ ސަރަޙައްދުގައި ވެކްސިން ދިނުމަށް ގާއިމް ކޮށްފައިވާ 6 ސެންޓަރުން މިހާތަނަށް ޖުމްލަ 123،227 މީހުންނަށް ވެކްސިން ދީފައިވާއިރު އަތޮޅުތެރޭގެ ދެ ސެންޓަރުން މިހާތަނަށް ޖުމްލަ 97،541 މީހަކަށް ވެކްސިން ދީފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

އެޗްޕީއޭއިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 120 މީހުންނާއި، އަތޮޅުތެރެއިން 4 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 18 މީހަކާއި ތަރައްޤީ ކުރަމުން އަންނަ ރަށްތަކުން 7 މީހެކެވެ.

މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 22،662 މީހުން ފައްސި ވެފައިވެއެވެ.

ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 20،142 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 66 މީހުން ނިޔާވެެފައިވެއެވެ.

ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 90 މީހުންނެވެ.

ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރަން މިހާރު 612،223 ސާމްޕަލް ނަގައިފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް