Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެއްލައްކަ ޑޮލަރު ހޭދަ ކޮށްގެން، ޗައިނާ ވެކްސިން ބަލާދާން ޖެހޭތީ އަނދުން ހުސެއިން ފާޑުވިދާޅުވެއްޖެ

އެއްލައްކަ ޑޮލަރު ހޭދަ ކޮށްގެން، ޗައިނާ ވެކްސިން ބަލާދާން ޖެހޭތީ އަނދުން ހުސެއިން ފާޑުވިދާޅުވެއްޖެ

ބޮޑު ހަރަދެއްކޮށް، ޗައިނާއިން ހަދިޔާކުރި ވެކްސިން ބަލާދާން ޖެހޭތީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ފާޑުވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުން ވަނީ ސިނޯފާމް ވެކްސިންގެ 200،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ނަމަވެސް ޗައިނާ ސަރުކާރުން ހަދިޔާކުރި ވެކްސިން ބަލާ ދާން ޖެހޭ ކަމަށް ,ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

ހޯމަ ދުވަހުގެރޭ އަނދުން ހުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ،ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ވެކްސިން ބަލައި ދިއުމަށް 100،000 (އެއްލައްކަ) ޑޮލަރު ހޭދަކޮށްގެން ފްލައިޓެއް ޗާޓާކޮށްގެން ދާން ޖެހުން އެއީ ހިތާމަވެރި ހަބަރެއް ކަމަށެވެ. އަނދުން ހުސެއިން މި ޓްވީޓު ކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގ ލިޖޮންގ ޓެގް ކުރައްވާފައެވެ.

Advertisement
Allied Insurance — Square (box)

ޗައިނާއަށް ވެކްސިން ބަލާ ދާން ޖެހޭ ވާހަކަތަކަށް މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާގެ ސިނޯފާމް ވެކްސިން ރާއްޖޭގައި އިއްޔެ ޖަހަން ފެށިއިރު މިވަގުތު ހުރީ 18،000 ޑޯޒް ވެކްސިން ކަމަށް ހެލްތު އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވިދާޅުވެއެވެ.

ސިނޮފާމް ވެކްސިނަކީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ޖަހާ ދެވަނަ ވެކްސިނެވެ. މިވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު ދެވަނަ ޑޯޒް ޖެހޭނީ، ފުރަތަމަ ޑޯޒް ޖަހާތާ 3 ނުވަތަ 4 ހަފްތާ ފަހުން ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް