Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދީން

ކީރިތި ޤުރްއާނަކީ ހިތާމަތަކަށްހުރި ޝިފާއެއް: މުފްތީ މެންކް

ކީރިތި ޤުރްއާނަކީ ހިތާމަތަކަށްހުރި ޝިފާއެއް: މުފްތީ މެންކް

މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކުގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

"ދެރަވުމުން ނުވަތަ ހިތާމައެއް ދިމާވުމުން އެކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ ބައެއް މީހުން ދެރަވުމުން، އެމީހުންގެ މޭމަތީގައި އަތް އަޅާފައި، ތިމަންނާ މިހުރީ ވަރަށް ދެރަވެފައޭ ބުނާނެއެވެ. ދެރަވާކަން އެނގެނީ މެއިން ހެއްޔެވެ؟ އެހެނެއް ނޫނެވެ.

ދެރަވުމަކީ ތިމާއަށް ކުރެވޭ އިހުސާސެކެވެ. ދެރަވުމުން ނުވަތަ އެހިތާމައެއް ކުރިމަތިވުމުން، އެހިތާމައިން އަރައިގަނެވޭނީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ އެންމެ ފަސޭހައިން ތިމާއަށް ހިތާމަތަކުން އަރައިގަނެވޭނީ ނުވަތަ ދެރަވެފައި ހުއްޓާ ހިތަށް ލުޔެއް ލިބި ހިތްހަމަ ޖެހޭނީ، މާތް ﷲ ގެ ވަޙީ ބަސްފުޅު ހިމެނިގެންވާ އެންމެ މަތިވެރި ފޮތް ކަމުގައިވާ ކީރިތި ޤުރްއާން ކިޔެވުމުންނެވެ. އެފޮތަކީ ހުރިހާ ހިތާމަތަކަކަށް ވެސް ހުރި ޝިފާއެކެވެ.

Advertisement
Ooredoo — Square (box)

ހިތާމަތަކުން އަރައިގަންނަން ބޭނުންވި ކަމުގައި ވިޔަސް، އަހަރުމެންގެ ތެރެއިން ކީރިތި ޤުރްއާން ކިޔަވަން ވަގުތުކޮޅެއް ހުސްކޮށްލަނީ ކިތައް މީހުން ހެއްޔެވެ؟

އުފަލާއި ހިތްވަރާއި ފަޚުރާއިއެކު ޤުރްއާން ކިޔަވަން، އަމިއްލަ ދިރިއުޅުމުން ވަގުތުކޮޅެއް ނަގާބަލާށެވެ. އެއީ ހަމައެކަނި ހެނދުނުގެ ވަގުތުގައި ވިޔަސް، ނުވަތަ ގެއިން ނުކުތުމުގެ ކުރިން ވިޔަސް، މާތް ﷲ ގެ ވަޙީ ބަސްފުޅު ކިޔަވާ މީހަކަށް ހަމަ ޔަގީނުން ވެސް އެކަމުން މަންފާ ކުރާނެއެވެ. ސަވާބާއި ދަރުމަ ލިބޭނެއެވެ.

ކީރިތި ޤުރްއާން ކިޔެވުމުން، ހިތާމަތަކުން ދުރުވުމުގެ އިތުރުން، ގިނަގިނައިން ޤުރްއާން ކިޔަވައިފިނަމަ ތިމާ އަމިއްލައަށް ދުވަހުން ދުވަހަށް ޤުރްއާން ކިޔެވުން ރީތި ވެސް ކުރާނެއެވެ. އެގޮތުން މަޚްރަޖަށް ކިޔަވަން ވެސް ދަސްވާނެއެވެ. މަޚްރަޖު ނުގެއްލޭގޮތަށް ރީތި ރާގެއްގައި ވެސް ކިޔަވަން ދަސްވާނެއެވެ.

ދެ ގޮތަކަށް ކީރިތި ޤުރްއާން ކިޔެވޭކަން އެނގޭ ހެއްޔެވެ؟ އެއްގޮތަކީ ފޮތެއް ކިޔާހެން ކިޔެވުމެވެ. އަނެއް ގޮތަކީ ރީތިކޮށް މަޚްރަޖަށް ކިޔެވުމެވެ. އެހެންކަމުން ކީރިތި ޤުރްއާން ކިޔަވާށެވެ. އެކަމަށް ލަދު ނުގަންނާށެވެ."

https://m.youtube.com/watch?v=q6pkyhFBZ78&feature=youtu.be

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް