Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ރިޕޯޓް

ތިކިޖެހި ތާނަ އުވާލައިގެން ޕަވިޔަންޏަކަށް އަސަރެއް ނުކުރާނެ!

ތިކިޖެހި ތާނަ އުވާލައިގެން ޕަވިޔަންޏަކަށް އަސަރެއް ނުކުރާނެ!

ތިކިޖެހި ތާނައިގެ ވާހަކަ މިހާރު މީސްމީޑީއާގެ ތެރޭގައި ފަތުއަޑު ކިޔާފައި ދައްކަމުން ދާއިރު މިކަމާ ގުޅިގެން އެކި މީހުން ލަވަ ކިޔަނީ އެކި ރާގަށެވެ.

ތިކިޖެހި ތާނަ އުވާލަން ތާއީދުތޯ ނޫހަކުން ރިޕޯޓެއް ޖަހައިގެން އެކަމާ ނުރުހުން ފާޅު ކުރަނީ އެވަރަކަށް ނޫނެވެ. ހީވަނީ ސަރުކާރުން ތިކިޖެހި ތާނަ އުވާލަން ގަރާރެއް ނެރެގެން އުޅޭ ހެންނެވެ. ކޮންމެއަކަސް ތިކި ޖެހި ތާނަ އުވާލުމުގެ ބަހުސަށް މި އޮޅީގައި ވަންނާކަށް ނެތީމެވެ.

އިއްޔެ ފޭސްބުކުން ދުށް ޕޯސްޓެއްގައި އޮންނަނީ ތިކިޖެހި ތާނަ އުވާލައިިފި ނަމަ "ބައްޕަ" ނުކިޔޭނެ ކަމަށެވެ. އޭރުން ކިޔަން ޖެހޭނީ "ބައްފަ" ކަމަށެވެ. އަދި އޭރުން "ޕާން" ވެސް ނުކިޔޭނެ ކަމަށާއި ކިޔަން ޖެހޭނީ "ފާން" ކަމަށް ވެސް ބައެއް މީހުން ލިޔެފައި ހުއްޓެވެ. އެކަހަލަ ޕަވިޔަނިން ފެށޭ އެތައް ބަހަކުން މިސާލުތައް ނަގާފައި ހުއްޓެވެ.

Advertisement
Allied — Dhen Online (box)

މިކަމާމެދު ނަޒަރު ހިންގާލާއިރު ހަގީގަތުގައި ޕަވިޔަންޏަކީ ތިކިޖެހި ތާނައިގެ އަކުރެއް ނޫނެވެ. ޕަވިޔަންޏަކީ ތާނައިގެ އަކުރެކެވެ. އަޅުގަނޑުމެން މި ކިޔާ ހާ ށަވިޔަނީގައި ވެސް އޮންނަ އަކުރެކެވެ. އެހެން ކަމުން ތިކިޖެހި ތާނަ އުވާލައިގެން ނުވަތަ ބޭނުން ނުކޮށްގެން ޕަވިޔަންޏަށް ކުރާނެ އަސަރެއް ނޯންނާނެއެވެ. އޭރުން ވެސް "ބައްޕަ" ބަރާބަރަށް ލިޔެވެން ވާނެއެވެ.

ތިކިޖެހި ތާނަ އަކީ ދިވެހި ބަހުގައި އަރަބި ބައެއް ލަފްޒުތައް ހިމެނޭތީ އެބަސްތަކުގެ އަޑު ގެނައުމަށް ޓަކައި ބޭނުން ކުރަން ފެށި އެއްޗެކެެވެ. ތިކިޖެހި ތާނަ ތަޢާރަފް ވުމުގެ ކުރިން ދިވެހީން އެފަދަ ލަފުޒުތައް ލިޔެ އުޅުނީ އަރަބި ބަހުންނެވެ. ނަމަވެސް ތާނައިގެ އަކުރުތަކުގެ ތެރެއަށް ތިކި އިތުރުކޮށް އެކަމަށް ހައްލެއް ހޯދީއެވެ.

ތިިކި ޖެހި ތާނައިގެ އަކުރު ތަކުގެ ތެރޭގައި ހިމެނޭނީ ޚ، ޙ، ޢ، ޣ، ޝ، ޞ، ޟ، ޤ، ޜ އަދި މި ނޫން ވެސް އަރަބި އަޑުތައް ހިމެނޭ އަކުރު ތަކެވެ.

އެހެންކަމުން ތިކިޖެހި ތާނަ އުވާލި ކަމުގައި ވިޔަސް އަދި އުވާ ނުލި ކަމުގައި ވިޔަސް ޕަވިޔަނި ހިމެނޭ ލަފްޒުތަކަކަށް އަސަރެއް ނުކުރާނެއެވެ. އެހެނީ ޕަވިޔަންޏަކީ ތިިކިޖެހި ތާނައިގެ އަކުރެއް ނޫނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް