ޚަބަރު

ގަޑި ދަނީ ހިނގަމުން- މިއަހަރު ޓީބީ ދުވަހުގެ ޝިޔާރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮންމެ އަހަރަކު ވެސް ދުނިޔޭގެ ޓީބީ ދުވަސް ފާހަގަ ކުރަނީ މާރޗް މަހުގެ 24 ވަނަ ދުވަހުއެވެ. މިދުވަހަކީ 1882 ވަނަ އަހަރު ޑޮކްޓަރ ރޮބަރޓް ކޮޗްގެ ދިރާސާގެ އަލީގައި ޓީބީ ޖައްސާ ބެކްޓީރިޔާ ހޯދުނު ދުވަހެވެ.

Ads by MWSC

ޓީބީ ދުވަސް ފާހަގަ ކުރަނީ އާއްމުންނަށް މިބައްޔާ ގުޅޭ ގޮތުން އިތުރަށް ހޭލުންތެރި ކުރުވުމުގެ ގޮތުންނެވެ. އަދި މިއަހަރުގެ ޓީބީ ދުވަހުގެ ޝިޔާރު "ގަޑި ދަނީ ހިނގަމުން" ގައި ވާފަދައިން ޓީބީ ނައްތާލުމަށް ވަގުތު ދަނީ މަދުވަމުންނެވެ. ހާއްސަކޮށް ދުނިޔެ މިވަގުތު މިއޮތް ކޯވިޑުގެ ހާލަތުގައި ޓީބީ ނައްތާލުން ވަނީ އުނދަގޫ ވެފައެވެ.                 

ޓީބީ ދުވަހާ ދިމާކޮށް ޑަބްލިޔު އެޗް އޯ އިން ވަނީ ޓާރގެޓް ތަކެއް ނެރެފައެވެ. މި ގޮތުން ހިމެނޭ ކަންތަކުގެ ތެރޭގައި 2022 ވަނަ އަހަރާ ހަމައަށް ބަލިޖެހިފައިވާ 4 މިލިޔަން މީހުން ދެނެގަނެ އެމީހުންނަށް ފަރުވާދިނުން ހިމެނެއެވެ. މީގެތެރޭގައި 3.5 މިލިޔަން ކުޑަކުދިންނާއި ޓީބީ ބަލީގެ ބޭހަށް ޑްރަގް ރެސިސްޓްވާ 1.5 މިލިޔަން މީހުން ހިމެނެއެވެ.

އަދި ޓީބީ ބަލީގެ އިތުރު ދިރާސާތައް ކުރުމާއި، ބަލީގެ ފަރުވާ އާއި ގުޅޭ ތަކެތި ފަސޭހައިން ލިބޭނެ ގޮތް ހެދުމާއި ފޯރުކޮށްދިނުން ވެސް މި ޓަރގެޓްގެ ތެރޭގައި ހިމެނެއެވެ. 

މުޅި ދުނިޔެއަށް ބަލާލާއިރު 1.4 މިލިޔަން މީހުން ވަނީ ޓީބީ ބަލީގައި މަރުވެފައެވެ. އަދި 10 މިލިޔަނަށްވުރެ ގިނަމީހުންނަށް ވަނީ މިބަލިޖެހިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!