ރިޕޯޓް

ސިނގިރޭޓަކީ ދިރިއުޅުމުގެ ހަލާކުކަން އަހަންނަށް ވިސްނުނީ މާފަހުން: ޓެރީ ހޯލް

ދެން އެމްވީ ، ދެން އޮންލައިން

ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މިފަހަކަށް އައިސް ދެޖިންސުގެ މީހުން ވެސް ކުރަމުން އަންނަ، ސިއްޙަތަށް ވަރަށް ގެއްލުންހުރި ކަމެކެވެ. ނަމަވެސް ސިނގިރޭޓަކީ ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ސިއްޙަތަށް ގެއްލުން ހުރި އެއްޗެއްކަން ޤަބޫލު ކުރަނީ މަދު ބައެކެވެ.

Ads by MWSC

ނޯތް ކެރޮލައިނާ ގެ އުމުރުން 53 އަހަރުގެ ޓެރީ ހޯލް، 2013 ވަނަ އަހަރު ގެ ސެޕްޓެމްބަރު މަހު، މަރުވުމުގެ ކުރިން ދިން މެސެޖަކީ "ތިއީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހެއްނަމަ، ދިރިއުޅުން ހަލާކު ވުމުގެ ކުރިން، ތިމާގެ ހަމަޖެހޭ އުފާވެރި ދިރިއުޅުމުގެ ވީޑިއޯ އެއް ތައްޔާރު ކުރުމަށެވެ."

ޓެރީ މިހެން ބުނީ، ސިނގިރޭޓް ބުއިމުން ލިބޭ ގެއްލުންތަކާއި ތިމާގެ ދިރިއުޅުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ހަލާކުވި މިންވަރު އަންގައި ދިނުމަށެވެ.

ޓެރީ މަރުވީ އޯރަލް ކެންސަރު ޖެހިގެންނެވެ. އުމުރުން 40 އަހަރު ޖެހުނު އެކެންސަރުގެ ސަބަބުން އޭނާގެ އަޑުވެސް ގެއްލުނެވެ. އަދި ކަރުގައި ވަރަށް ބޮޑު ލޯވަޅެއްވެސް އުފެދުނެވެ. އެއީ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ކަރުތެރޭގައި ޓިއުމާއެއް ނެގުމުގެ ސަބަބުން އުފެދުނު ލޯވަޅެކެވެ.

ޓެރީ ބުނި ގޮތުގައި، އޭނާގެ މާމަ ދަރިންނަށް ވެސް އެންމެ ފުރަތަމަ އިވުނު އަޑަކީ، ފަހުން ހުރި އޭނާގެ ކުރަކިވެފައިވާ އަޑެވެ. އަނގަ އޮރިވެފައި މުޅި މީހާ ހިކި އަނަރޫފަވެފައި ހުރުމުގެ ސަބަބުން، އޭނާގެ ސިފަވެސް ވަރަށް ބޮޑަށް ބަދަލުވިއެވެ.

މިއީ ޓެރީ ހޯލް ގެ ވާހަކައެވެ.

"އަހަރެން އެންމެ ފުރަތަމަ ވެސް ސިނގިރޭޓެއް ބުއީ އަހަރެންގެ އުމުރުން އެންމެ 13 އަހަރުގައެވެ. އެއީ ނޯތް ކެރޮލައިނާއިން ބޭރުގައި ރައްޓެހިން ތަކަކާއި އެކު ކޭމްޕު ކުރަން ގޮސްފައެވެ. އެފަހަރު އަހަރެން ވަރަށް ބޮޑަށް ބަލިވެ، ކެއްސަން ވެސް ކެއްސިއެވެ. އޭގެ ފަހުން ދެން ސިނގިރޭޓެއް ބުއީ އުމުރުން 17 އަހަރުގައެވެ. އެއީ އަހަރެންގެ ރައްޓެހިންވެސް އެކަން ކުރާތީ އެމީހުންނާއި އެއް ހަމައަކަށް އެރުމަށްޓަކައެވެ. އެފަހަރު އަހަރެން އެއްގޮތަކަށް ވެސް ބައްޔެއް ނުވެއެވެ. އަދި އޭގެ އަހަރެއްހާ ދުވަސްފަހުން އަހަންނަކީ ދުވާލަކ ސިނގިރޭޓު ފޮއްޓެއް ހުސްކޮށްލި މީހެކެވެ.

އޭގެން ލިބޭ ގެއްލުންތަކެއް އެއިރު އަހަންނަކަށް އެއްވެސް ވަރަކަށް ނޭނގެއެވެ. ކަރުތެރެ ދުޅަވާކަން އަހަންނަށް އިޙުސާސް ކުރެވެން ފެށީ 2000 ވަނަ އަހަރުގައެވެ. އެކަން ރަނގަޅުވޭތޯ ބައިވަރު ކަންތައް ކުރެވުނުއިރުވެސް، އޭގެން އެއްވެސް ކަމަކުން ކަރުތެރެ ރަނގަޅެއް ނުވިއެވެ. ނަމަވެސް އެއިރުވެސް އަހަރެން ސިނގިރޭޓު ބުއިމެއް ނުހުއްޓަމެވެ. އެންމެ ބޮޑަށް ކަރުހަލާކުވާން ފެށި ދުވަސްކޮޅުގައި ވެސް ދުވާލަކު ދެ ޕެކު ސިނގިރޭޓު ހުސްކޮށްލަމެވެ. އެގޮތުން މުޅިއަކު 23 އަހަރު ވަންދެން އަހަރެން ސިނގިރޭޓު ބުއީމެވެ." ޓެރީ ކިޔައިދީފައިވެއެވެ.

ޓެރީ ސިނގިރޭޓު ބުއިން ހުއްޓާލީ އުމުރުން 40 އަހަރުގައި 2001 ވަނަ އަހަރުގައެވެ. ނަމަވެސް އެއިރު ޓިއުމާ އޮޕެރޭޝަން ކުރެވިފައިވާތީ ޓެރީ ގެ އަޑުވަނީ ގެއްލިފައެވެ. އޭނާއަށް ހަމަ ވިސްނުން ލިބުން އިރު، ވަގުތުވަނީ ފާއިތުވެފައެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާތި. ތިއީ މިހާރުވެސް ދުންފަތުގެ އިސްތިއުމާލު ކުރާ މީހެއްނަމަ، ވީއެންމެ އަވަހަކަށް އެކަން ހުއްޓާލާ." ދުންފަތުގެ އިސްތިއުމަލު ކުރާ މީހުންނަށް ޓެރީ ދިން އެންމެ ފަހު މެސެޖަކީ މިއީއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!