Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އެމްޕީއެލްގައި ހިނގައިދިޔަ ނުރައްކާތެރި ދެ ހާދިސާގެ ޖިނާއީ ތަޙުގީގެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި

އެމްޕީއެލްގައި ހިނގައިދިޔަ ނުރައްކާތެރި ދެ ހާދިސާގެ ޖިނާއީ ތަޙުގީގެއް ހިންގުމަށް މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި އެންމެ ފަހުން ހިނގި ނުރައްކާތެރި ދެ ހާދިސާ ހިނގުމުގައި އެކުންފުނީގެ އިހުމާލު އޮތްކަމަށް ދެކި، އިހުމާލުވީ ފަރާތްތަކާމެދު ޖިނާޢީ ތަޙުގީގެއް ހިންގުމަށް ފުލުހުންނަށް ހުށައެޅުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކޮށްފިއެެވެ.

އެމްޕީއެލްގައި ހިނގި ހާދިސާތައް އެސްއޯއީ ކޮމިޓީން ބަލައި ފާސްކޮށްފައިވާ ރިޕޯޓްގައި ވަނީ، މާލޭ ވިޔަފާރި ބަނދަރުގައި ހިނގާފައިވާ ނުރައްކާތެރި ދެ ހާދިސާގައި އިހުމާލުވި އެންމެހާ ފަރާތްތަކަށް ޖިނާއީ ތަހުގީގު ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދަންނަވާ ތަހުގީގު ނިމުނު ގޮތުގެ ރިޕޯޓު އެސްއޯއީ ކޮމިޓީއަށް ފޮނުއްވައި ދެއްވުމަށް ދެންނެވުމަށެވެ.

އަދި މީގެ އިތުރުން ބަނދަރުގައި މަސައްކަތްކުރާ މަޖޫރީންނަށް ދޫކުރާ ހެވީ ވެހިކަލް ދޫކުރާނެ އުސޫލެއް ނެތުމާއި އެ ބޭނުންކުރުމުގައި އަމަލުކުރާނެ އުސޫލްތައް ވެސް ނެތްކަމަށް ކޮމިޓީގެ ރިޕޯޓްގައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ނިންމި ގޮތަށް ރިޕޯޓް މަޖިލީހުން ފާސް ކޮށްފައި ވަނީ 26 މެމްބަރުންގެ ވޯޓުންނެވެ.

އެންމެ ފަހުން އެމްޕީއެލްގައި ހިނގި އެއް ހާދިސާއަކީ ކާޕެޓް ރޯލެއް މީހެއްގެ ގައި މައްޗަށް ވެއްޓުމުގެ ހާދިސާއެވެ. އެމްޕީއެލްސް ސަރަހައްދުގައި ހިނގި އެ ނުރައްކާތެރި ޙާދިސާގައި ހދ.ނޮޅިވަރަމް، ނައިޓް ޓްރީމް، 28 އަހަރުގެ ޢިމްރާން ޢަލީގެ ގައި މައްޗަށް ޓާފްރޯލް ވެއްޓި އޭނާއަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. އަދި އިންޑިޔާގައި ފަރުވާ ދެމުން ދަނިކޮށް، އޭނާ ވަނީ ނިޔާވެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް