Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އެޗްޕީއޭގެ ގަވައިދުން ވަކި މީހަކު އިސްތިސްނާ ވެގެން ނުވާނެ: ރައީސް މައުމޫން

އެޗްޕީއޭގެ ގަވައިދުން ވަކި މީހަކު އިސްތިސްނާ ވެގެން ނުވާނެ: ރައީސް މައުމޫން

ނުރައްކާތެރި ބަލިތަކުން ގައުމު ސަލާމަތް ކުރެވޭނީ ހުރިހާ އިދާރާތަކަކުން ވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވައިދުތަކަށް އަމަލު ކޮށްގެން ކަމަށާއި ވަކި މީހަކު ނުވަތަ ބަޔަކު އިސްތިސްނާ ވެގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

އެޗްޕީއޭގެ އުސޫލުތަކާމެދު މަޖިލީހުގެ މެންބަރުން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް މަޖިލިހުގެ މެންބަރުންނަށް ބައެއް ލުއިތައް ދިނުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި މައުމޫން ވަނީ މިހެން ވިދާޅުވެ ޓުވީޓު ކުރައްވާފައެވެ. ކޮވިޑް 19 އާ ގުޅިގެން ބޭރަށް ނިކުތުން މަނާ ގަޑިތަކުގައި ވެސް މަޖިލީހުގެ މެމްބަރުންނަށް ބޭރުގައި އުޅެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް އެދި މަޖިލިހަށް ވަނީ ހުށަހަޅައިފައެވެ.

https://twitter.com/maumoonagayoom/status/1375036255780528138?s=21

Advertisement
Ooredoo — Truecaller (box)

ރާއްޖޭގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރެމުން ދިޔުމާ ގުޅިގެން އިރުއޮއްސި 6:00 އިން އަނެއް ދުވަހުގެ 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރިއެވެ. އަދި އެވަގުތުތަކުގައި ހަމައެކަނި ދުއްވެނީ ޚާއްސަ ހުއްދައެއް ލިބިފައިވާ ފަރާތްތަކަށް އެކަންޏެވެ. އެހެން ނަމަވެސް ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު މިއަދު ސޮއި ކުރައްވާ ނެރުއްވި އިއުލާނާއެކު އެ ވަގުތުގަކުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރެވުނު ގަވާއިދު މިހާރު ވަނީ އުވާލެވިފައެވެ.

އެހެން ނަމަވެސް ރޭގަނޑު 11 ގެ ފަހުން މާލޭގެ ބޭރުގައި އުޅުން މަނާ ކުރި ގަވާއިދަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ. އެ ގަޑީގައި ބޭރަށް ނިކުތުމުގެ ފުރުސަތު އޮންނާނީ ހަމައެކަނި ހުއްދަ އޮންނަ ފަރާތްތަކަށް އެކަންޏެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް