Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ބޭސް ގުޅައެއް ގޮތަށް ކާލެވޭ ކޮވިޑް-19 ވެކްސިނެއް އުފައްދަނީ!

ބޭސް ގުޅައެއް ގޮތަށް ކާލެވޭ ކޮވިޑް-19 ވެކްސިނެއް އުފައްދަނީ!

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު އަންނަނީ ވެކްސިން ޖަހަމުންނެވެ، އެގޮތުން ކޮވިޑުގެ ދިފާއުގައި އެކި ކަހަލަ ވެކްސިން ތަޢާރަފް ކުރެވިފައިވާއިރު، ފައިޒާ ބްރޭންޑުގެ ވެކްސިނަކީ މީގެ ތެރެއިން އެއް ވައްތަރެވެ. މިފަހަރު ފައިޒާ އިން ކޮވިޑުން ރައްކާތެރި ވުމަށް ބޭސް ގުޅައެއް ތައްޔާރު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

އެގޮތުން ކޮވިޑަށް ތައްޔާރު ކުރާ މިބޭސް ގުޅަ ޓެސްޓު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި މި ބޭސް ގުޅައިގެ މަސައްކަތް ކުރެވެމުން އަންނަނީ އެމެރިކާގައި ކަމަށް ފައިޒާއިން ބުނެފައި ވެއެވެ، މީގެ އިތުރުން މި ގުޅަ އުފެއްދުމާއެކު ކޮވިޑުން ރައްކާތެރި ވުމަށް ވެކްސިން ޖެހުމަށް ބިރުގަންނަ ފަރާތްތަކަށް މި ބޭސް ބޭނުން ކުރެވޭނެ ކަމުގައި ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި ކުރިއަށް އޮތް ތަނުގައި ކޮވިޑް ބޭހުގެ ނަމުން މި ބޭހަށް މުޚާތަބު ކުރެވޭނެ ކަމުގައި ވެސް ބުނެފައި ވެއެވެ.

މި ބޭސް ޓެސްޓު ކުރުމުގެ ފުރަތަމަ މަރުހަލާ މިހާރު ކުރިއަށް ދާ ކަމުގައި ވެސް އެ ކުންފުނިން ބުނެފައި ވެއެވެ،

Advertisement
Allied — Dhen Online (box)

ކޮވިޑަށް އަލަށް ތައްޔާރު ކުރެވޭ މި ބޭސް ގުޅަ ތަޢާރަފު ވުމާއެކު ވެކްސިން ޖެހުމަށް ޖެހިލުންވާ އެތައް ބަޔަކަށް މި ބޭސް ބޭނުން ކޮށްގެން ކޮވިޑުން ރައްކާތެރި ވުމުގެ ފުރުސަތު ލިބިގެން ދާނެއެވެ

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް