Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރާނެކަން ޕީޖީ އޮފީހުން އަންގައިފި: އޭސީސީ

ވެންޓިލޭޓަރު މައްސަލައިގައި ދައުވާ ނުކުރާނެކަން ޕީޖީ އޮފީހުން އަންގައިފި: އޭސީސީ

ކޮވިޑް-19 ޖެހި ހާލު ބޮޑުވާ ބަލިމީހުންނަށ ފަރުވާ ދިނުމަށް ގެންނަން ހަމަޖެއްސި ، ވެންޓިލޭޓަރުތައް ގެނައުމުގައި ހިނގި ކޮރަޕްޝަންގެ އަމަލުތަކުގެ މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން އޭސީސީ އަށް މިއަދު އަންގައިފިއެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތަކެއް ގެނައުމަށް ޔޫއޭއީ ގެ ކުންފުންޏަކާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ނެގުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް ފާހަގަކޮށް އޭސީސީން ވަނީ އެ މައްސަލަ ޕީޖީއަށް ފޮނުވާފައެވެ. ނަމަވެސް އެމައްސަލަ ބަލަން ބޭނުންވާ ވަރަށް ހެއްކާއި ޤަރީނާއި ނެތްކަމަށް ޕީޖީ އޮފީހުން ވިދާޅުވެ، އެމައްސަލަ ނުބެލޭނެކަމަށް ވަނީ ނިންމާފައެވެ.

އެ މައްސަލަ އަލުން މުރާޖާ ކުރުމަށް ފަހު ކުރިން ނިންމި ނިންމުން ބަދަލު ނުކުރަން ޕީޖީން ނިންމާފައިވާކަން އޭސީސީންް ކަށަވަރުކޮށްދެމުން، އެކޮމިޝަނުން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލާގައި އެއްވެސް ބަޔަކަށް ދައުވާ ނުކުރަން މީގެ ކުރިން ނިންމި ނިންމުން ބަދަލު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޖީން މިއަދު އޭސީސީއަށް އަންގާފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް