Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މިފަހަރު ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން

މިފަހަރު ނޫސްވެރިކަމުގެ އިނާމަށް 87 ހުށަހެޅުން

މިދިޔަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލި ފުރުސަތުގައި 87 ހުށަހެޅުން ލިބިފައިވާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ން ބުނެފިއެވެ.

ނޫސްވެރިކަމުގެ އިނާމަށް ޖުމްލަ 12 ކެޓެގަރީއަކަށް ހުޅުވާލާފައިވެއެވެ. ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން 9، އިޖުތިމާއީ ދާއިރާއަށް 21، ސިޔާސީ ދާއިރާއިން 9، ޝަރުއީ އަދި ގާނޫނީ ދާއިރާއިން 6، ވިޔަފާރީގެ ދާއިރާއިން 9، ކުޅިވަރުގެ ދާއިރާއިން 5 ހުށަހެޅުމުގެ އިތުރަށް ފޮޓޯ ޖަރނަލިޒަމްގެ ދާއިރާއިން 6 އަދި ވީޑިއޯ ޖަރނަލިޒަމްގެ ދާއިރާއިން 3 ހުށަހެޅުން ހުށަހަޅާފައިވެއެވެ.

އޯޑިއޯ ޖަރނަލިޒަމް އަދި ނިއުސް ގްރެފިކްސް އެންޑް އިލެސްޓްރޭޝަންސްގެ ދާއިރާއިން އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާއިރު ފީޗަރ ރިޕޯޓް ދާއިރާއަށް 17 ހުށަހެޅުން އަދި އުންމީދީ ނޫސްވެރިޔާގެ އިނާމަށް 2 ހުށަހެޅުން ހުށަހަޅާފައިވެއެވެ.

Advertisement
Allied Insurance — Square (box)

<img class="alignnone wp-image-72773 size-full" src="https://cdn.dhen.mv/wp-content/uploads/2021/03/22585A4F-101E-4B9E-912A-3E148413A7FC.jpeg" alt="" width="1138" height="1601" />

ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ޖަލްސާ މިއަހަރު ބާއްވާނެ ވަކި ތާރީހެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް