Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ބަޔަކު ހޯދަނީ

މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމެއް ހިންގާނެ ބަޔަކު ހޯދަނީ

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓް، ކެފޭއެއް ހިންގުމަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށާއި މި ތަން ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގައި ކަމަށެވެ.

އަދި މަޖިލީހުގެ އިދާރާގައި ފިޓްނަސް ސެންޓަރެއް ހިންގުމަށް ވެސް ޕްރޮޕޯސަލް ހުށަހަޅަން ވަނީ ހުޅުވާލައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ. މި ދެ އިއުލާން ވެސް ކޮށްފައިވަނީ މަޖިލީހުގެ ސޯޝަލް ކްލަބުންނެވެ.

Advertisement
Allied — Dhen Online (box)

"މެމްބަރުން މާބޮޑަށް ސިއްހީ ގޮތުން ފިޓުވާން ވެއްޖެ ކަމަށް މަޖިލީހުގެ ކްލަބަށް ފެންނަނީ" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މަޖިލިހުގެ ޔައުމިއްޔާ އާއި ތައްޔާރު ކުރާ ރިޕޯޓުތައް ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުން މަޖިލީހުގައި ފިހާރައެއް ހުޅުވުމަށް ވެސް ނިންމާފައިވާ ކަމަށް ނަޝީދު މީގެކުރިން ވަނީ ވިދާޅުވެފައެވެ.

އަދި އާ އިމާރާތުގައި މެންބަރުންނަށް ކިއުބިކަލްތަކެއް ގާއިމް ކުރުމަށް ނިންމާފައިވާ ކަމަށާއި އެތަންތަނުގައި މެންބަރުންގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް