Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝިޔާމްގެ ސުވާލު ޖެންޑާއަށް: ދަޢުލަތުގެ މުއައްސަސާތައް ބިރުވެރި ތަންތަނަށް ވީ ހިނދު އެތަންތަނުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ؟

ޝިޔާމްގެ ސުވާލު ޖެންޑާއަށް: ދަޢުލަތުގެ މުއައްސަސާތައް ބިރުވެރި ތަންތަނަށް ވީ ހިނދު އެތަންތަނުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ؟

ދައުލަތުގެ މުއައްސަސާތައް ބިރުވެރި ތަންތަނަށް ވީ ހިނދު އެތަންތަނުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފިއެވެ.

ޝިޔާމް ދެންމެ ކުރި ޓްވީޓެއްގައި މިހެން ވިދާޅުވެފައި ވަނީ އުތުރުގެ ރަށެއްގައި "ރޭޕް" ކުރި ކަމަށް ބުނާ އުމުރުން 14 އަހަރުގެ ކުއްޖާ އަށް ރައްކާތެރިކަން ދީފައިވާ ކަމަށާއި އެ ކުއްޖާގެ ހާލަތު ބަލަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ރޭ ބުނެފައި ވަނިކޮށެވެ.

އޮންލައިން ނޫހަކުން ލިޔެފައިވާ މި ޚަބަރު ރީޓްވީޓް ކުރައްވާ ޝިޔާމް ވަނީ ދައުލަތުގެ މުއައްސަސާތަކަކީ ބިރުވެރި ތަންތަން ގޮތުގައި ސިފަ ކުރައްވާފައެވެ.

Advertisement
Ooredoo — Square (box)
https://twitter.com/shiyamaldives/status/1375684045472849920?s=21 “ ކުއްޖާ އަށް ދައުލަތުގެ މުއައްސަސާއަކީ ބިރުވެރި ތަންތަނަށް ވީ ހިނދު ދައުލަތުގެ މުއައްސަސާއަކުން ދެވޭނެ ރައްކާތެރިކަމަކީ ކޮބައިތޯ ސުވާލު އުފެދޭ” ޝިޔާމް ވިދާޅުވިއެވެ.

މި މަހުގެ ކުރީކޮޅު ހިނގި ކަމަށް ބުނާ މައްސަލަ މިހާރު ފެންމަތި ވެފައިވާއިރު، ޖެންޑާ މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އެކަން އެ މިނިސްޓްރީ އަށް ހުށަހެޅުމާއެކު އެންމެ އިސްކަމެއް ދިނީ ކުޑަކުއްޖާގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށެވެ. އޭރުން ފެށިގެން އެ ކުއްޖާ އަށް ރައްކާތެރި މާހައުލެއް ފަހިކޮށްދީފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި އެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފުލުހުންގެ ސަމާލުކަމަށް މިހާރު ގެނެސްފައިވާ ކަމަށާއި ގުޅުން ހުރި މުއައްސަސާތަކާއެކު، އެ މައްސަލަ ތަހުގީގުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ކުއްޖާގެ ހާލަތު ބަލަމުން ގެންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް