ނައިފަރުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑް-19 އަށް ފައްސިވެއްޖެ

ޅ. ނައިފަރުން ނެގި ރެންޑަމް ސާމްޕަލްއެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ނައިފަރު އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު ޖައުފަރު އަބްދުﷲ އޮންލައިން ނޫސް "ވަގުތަށް" މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ނައިފަރުގައި މިވަގުތު ތިން މީހަކު ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި، އޭގެ ތެރޭގައި ވަކި ތަރުތީބެއް ނެތި ނެގި ރެންޑަމް ސާމްޕަލް ނެގި މީހާ ވެސް ހިމެނޭ ކަމުގައެވެ.
ނައިފަރުން ކޮވިޑް ކޭސް ފެނުމާއެކު ރަށް ވަނީ މޮނިޓަރިންގެ ހާލަތަށް ލާފައެވެ.
މާލެއިން ނައިފަރަށް ގޮސް ކަރަންޓީނު ނިންމާފައި ނެގި ސާމްޕަލުން ފައްސިވި މީހަކާއި މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރ. އުނގޫފާރަށް ދިޔަ ޅ.އަތޮޅު ، އަތޮޅު ހޮސްޕިޓަލުގެ ނަރުހެއް ވަނީ އެރަށުން މީގެ ކުރިން ފައްސި ވެފައެވެ.