Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޕީއެލްގެ ސްޕޯކްސްޕާރސަން އަކަށް ދާނިޝް ހަމަޖައްސައިފި

އެމްޕީއެލްގެ ސްޕޯކްސްޕާރސަން އަކަށް ދާނިޝް ހަމަޖައްސައިފި

މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ތަރުޖަމާނަކަށް ޓީވީ ޕްރޮގްރާމްތައް ހުށަހެޅުންތެރިޔާ ދާނިޝް ނިޒާމް ހަމަޖައްސައިފިއެވެ.

ދާނިޝް މި މަގާމަށް ހަމަޖައްސައިފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އޭނާ އެ މަޤާމަށް ހަމަޖެއްސީ، އާންމު އުސޫލުން އިއުލާންކުރުމަށްފަހު، އޮންނަ ޕްރޮޮސެސްގެ ތެރެއިންނެވެ.

ދާނިޝްއަކީ ހިތްވަރު ގަދަ ނޫސްވެރިއެއްގެ އިތުރުން ރާއްޖެޓީވީގެ އެކި ޕްރޮގުރާމުތައް ހުށައަޅައިދީ ގިނަ ރައްޔިތުންގެ ސަޕޯޓާއި ލޯބި ހޯދާފައިވާ ފަރާތެކެވެ.

Advertisement
Ooredoo — Truecaller (box)

ދާނިޝް އަކީ  ސަރުކާރުން ނޫސްވެރިންނަށް އެންމެ ފިއްތުންތައް ކުރިމަތިވި ވަގުތު ރާއްޖެ ޓީވީގައި ކުރީ ސަފުގައި ހިންމަތާއެކު މަސައްކަތްކުރި މުވައްޒަފެއް ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ރާއްޖެޓީވީ ގައި ދާނިޝް މަސައްކަތް ކޮށްފައިވަނީ 2018 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށެވެ. އެޗެނަލުން ގެނެސްދިން "ފަލަސުރުހީ" ޕްރޮގްރާމްގެ ހޯސްޓެއްގެ ގޮތުގައި އެންމެ ގިނަ ދުވަހު މަސައްކަތް ކުރި އެއް ފަރާތަކީވެސް ދާނިޝްކަން ފާހަގަ ކުރެވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް