Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ވައްކަމުގެ މައްސަލަތަކެއް އޮއްބާލަން ރައީސް ނަޝީދު އިންޒާރުދެއްވި މައްސަލައެއް ފެންމަތިވެއްޖެ

ވައްކަމުގެ މައްސަލަތަކެއް އޮއްބާލަން ރައީސް ނަޝީދު އިންޒާރުދެއްވި މައްސަލައެއް ފެންމަތިވެއްޖެ

މާލެ ސިޓީ ކައުންސިލް ތެރޭގައި ހިނގި ވައްކަމުގެ މައްސަލަތަކެއްގެ ވާހަކަ ދެއްކެވުމުން، މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން އިންޒާރާ ކުރިމަތިވެ ވަޑައިގެންނެވި ކަމަށް މާލޭ ސިޓީ ކައުންސިލްގެ އެމްޑީޕީ މެންބަރު މުހައްމަދު ފަޒީން ވިދާޅުވެއްޖެއެވެ.

ވެންޓިލޭޓަރު މައްސަލައިގައި ސަރުކާރުން ބައިވެެރިވެފައިވާ ތަން ފެންނަ ކަމަށާއި ވައްކަން ކުރާ ސަރުކާރަކާއެކީ އެމްޑީޕީ އޮންނަން ނޭދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވުމާ ގުޅިގެން ފަޒީން ވިދާޅުވީ "މަނިކުފާނު ތިވާހަކަ ދައްކަން ތާހިރު ނޫން" ކަމަށެވެ.

ފަޒީންގެ ވާހަކަ ތަފްސީލް ކޮށްދެއްވައި އޭނާ އިތުރަށް ވިދާޅުވީ މީގެ ކުރިން ވައްކަމުގެ މައްސަލައެއް ރައީސް ނަޝީދުގެ ސަމާލުކަމަށް އޭނާ ގެނައުމުން، މައްސަލަ ބެއްލެވުމަށް އެހީވުމުގެ ބަދަލުގައި ދިނީ އިންޒާރު ކަމަށެވެ.

Advertisement
Allied — Dhen Online (box)

https://twitter.com/fazeen2457/status/1375768833021992963?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1375768833021992963%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fvaguthu.mv%2Fnews%2F523890

ފަޒީން އިތުރަށް ވިދާޅުވީ އޭނާ ، އޭސީސީއަށް މައްސަލަ ހުށަހަޅަފިނަމަ އޭނާގެ މައްސަލަ ބަލާނެ ކަމަށާއި އަދި އޭސީސީ އިން މައްސަލަ ބަލައިފިނަމަ އޭސީސީ މެންބަރުންގެ އިތުބާރުނެތް ކަމަށް ވޯޓް ނަގާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި ކަމަށެވެ.

"އޭސީސީއަށް މައްސަލައެއް ހުށަހަޅައިފިނަމަ ކައުންސިލަރު އަދި މައްސަލަ ބަލައިފިނަމަ އޭސީސީ މެންބަރުންގެ އިތުބާރުނެތް ކަމުގެ ވޯޓް ނަގާނެ ކަމަށް ވިދާޅުވެ ހިމާޔަތް ކުރެއްވީ ވަގު." ފަޒީން ވިދާޅުވިއެވެ.

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި، އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީީސީ)އިން ތަހުގީގު ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވުމުން ހެކި ނެތް ކަމަށް ބުނެ ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައެވެ. އަދި ލިބުނު އާ މައުލޫމާތުތަކާ އެކުވެސް އުންސުރު ހަމަ ނުވާކަމަށް ބުނެ އެ މައްސަލައިގައި ދައުވާ ނުކުރާނެ ކަމަށް ޕީޖީ އޮފީހުން ވަނީ ދެވަނަ ފަހަރަށް ވެސް ނިންމާފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް