Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ގޯތި ގެދޮރުގެ މައްސަލައަށް ޙައްލު ހޯދަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނަން: މުޢިއްޒު

ގޯތި ގެދޮރުގެ މައްސަލައަށް ޙައްލު ހޯދަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނަން: މުޢިއްޒު

މާލޭ ސިޓީގެ މޭޔަރުކަމަށް އިންތިޚާބުވާ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ފަށާނީ މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ދިިނުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ، ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.

މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ޑރ. މުޙައްމަދު މުޢިއްޒު މިފަދައިން ވިދާޅުވެފައިވަނީ ޗެނަލް 13 އިން ގެނެސްދޭ "ވައި މުއިއްޒު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

މުއިއްޒު ވިދާޅުވީ ގޯއްޗެއް ލިބުމާއި މެދު މާލޭ ރައްޔިތުން ކުރާ އުންމީދު ގެއްލުވާލާ ހިސާބަށް އަދި ނުދާ ކަމަށެވެ. އަދި މާލޭގެ މޭޔަރުކަމަށް އޭނާ އިންތިޚާބުކޮށްފި ނަމަ، މާލޭ ރައްޔިތުން ޙަވާލުކުރި އަމާނާތް ފުރިހަމައަށް އަދާ ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯ ހިޔާވަހިކަން ގުޅިފައިވަނީ ގުޅީފަޅާ ކަމަށާއި ، މި ސަރުކާރުން ގުޅީފަޅުގައި ޕޯޓް ހަދަން ނިންމި ނިންމުން ބަދަލު ކުރައްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މުޢިއްޒު މިހެން ވިދާޅުވެފައިވާއިރު މިއަދު ވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިނުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު އާންމުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް